ރީކޯ މޫސާ މަނިކު--
ރީކޯ މޫސާ މަނިކު--
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒް އިސްމާއިލް އިސްތިއުފާ ދެއްވަން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ގޮވާލައްވައިފި އެވެ.

އެމްޑީޕީގެ އެެތެރޭގައި އިންތިހާއަށް ނުތަނަވަސްކަން އުފެދިފައިވާާ މި ދަނޑިވަޅު ފައްޔާޒް ވަނީ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރައްވައިފަ އެވެ.

އެކަމާ ގުޅިގެން ރީކޯ އެކްސްގައި ވިދާޅުވީ މި ދަނޑިވަޅަކީ އިދިކޮޅު ޕާޓީއެއްގެ ބޭނުން ރައްޔިތުންނަށް އިންތިހާއަށް ބޭނުން ޖެހިފައިވާ ދަނޑިވަޅެއް ކަމަށެވެ.

އަދި ކުރިއަށް އޮތް ތިން އަހަރާއި ހަ މަސް ފަހުން ބާއްވާ ރިޔާސީ އިންތިހާބުގައި ފައްޔާޒް ވާދަކުރައްވަން ބޭނުންވާނަމަ އެމްޑީޕީގެ މުދަލާއި ފައިސާއާއި އިދާރީ ކަންކަން ނަހަމަގޮތުގައި ބޭނުންކޮށްގެން ކެމްޕޭންނުކޮށް ފައްޔާާޒް އިސްތިއުފާ ދެއްވުމަށް ރީކޯ ވަނީ ގޮވާލައްވައިފަ އެވެ.

އެމްޑީޕީގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ގިނަ އަދަދެއްގެ މެންބަރުން ވާދަކުރައްވަން ބޭނުންވާކަން ވަނީ ހާމަވެފަ އެވެ.

އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފައްޔާޒްވެސް ވަނީ އެކަން ޔަގީންކޮށްދެއްވައިފަ އެވެ.

މިހާރު ބެލެވިފައިވާ ގޮތުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި މާލޭގެ މޭޔަރު އާދަމް އާޒިމާއި ކުރީގެ ނައިބުރައީސް ފައިސަލް ނަސީމްވެސް ޕްރައިމަަރީގައި ވާދަކުރައްވަން ޝައުގުވެރިކަން އެބަ ހުއްޓެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން