މިސްކިތްތަކަށް ގެއްލުން ދިނުން ބަލައެއް ނުގަނެވޭނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެފަދައިން ވިދާޅުވިއިރު ފުރުގާން މިސްކިތަށް ގެއްލުންތަކެއް ދިން މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.
ރޭ އެ މިސްކިތަަށް ދިން ގެއްލުންތަކުގައި އެ މިސްކިތުގެ ފަހަތުގައި ހުރި މުސްޙަފްތައް މުޅިތަނަށް އުކާލައި އެ މިސްކިތުގެ އިމާމް ހުންނަ ދިމާލުގެ ކަރަންޓް ބޯޑުތަކާއި އެޔަށް ޖަހާފައިހުރި އެޑެޕްޓަރުތައް ތަޅާ ހިމުންކޮށްލައި އަދި ވުޟޫ ކުރާ ބައިގެ ބައެއް އިސްކުރުތައް ބިންދާލައި މިސްކިތުގެ ބައެއް އެއްޗެހި އެތަނަށް އޮތީ އުކާލައިފަ އެވެ.
އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު މިއަދު އެކްސްގައި ވިދާޅުވީ ފުރުގާން މިސްކިތަށް ގެއްލުން ދިން މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަަކަށް ހުށަހަޅަން އިސްލާމިކް މިނިސްޓްރީން މިހާރު ނިންމާފައިވާ ކަމަށެވެ.
"މިސްކިތްތަކަށް ގެއްލުން ދިނުން ބަލައެއް ނުގަނެވޭނެ" މިނިސްޓަރު ވިދާޅުވި އެވެ.
އެ މައްސަލަ މިހާރު ފުލުހުން ވެސް ވަނީ ބަލަން ފަށައިފަ އެވެ.
މިސްކިތްތަކަށް ގެއްލުން ދިނުމުގެ އިތުރުން މިސްކިތްތަކުން ވައްކަން ކުރުމުގެ މައްސަލަވެސް އިންތިހާއަށް ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު