ތިން ކޮމިޝަނެއްގެ މެމްބަރުން ވަކިކުރަން ހުށަހަޅާާފައިވާ މައްސަލަ ބަލައި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ފިޔަވައި އެހެން އެންމެން ވަކިކުރަން މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ނާސިހާއި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފާއި މެންބަރު ޑރ. މުހައްމަދު ޒާހިރުގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ނައިބުރައީސް އަބްދުއްސަލާމާއި މެންބަރު ތޯހާ މުހައްމަދުވެސް ވަކިކުރަން ހުށައެޅި މައްސަލަ މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅީ މި މަހުގެ 12 ވަނަ ދުވަހު އެވެ.
އަދި މިއަދު ވަނީ އެ މައްސަލަ މިނިވަން މުވައްސަސާތަކުގެ ކޮމިޓީގައި ސިއްރުކޮށްގެން ކުރިއަށް ގެންގޮސްފަ އެވެ.
ނަމަވެސް މަޖިލީހުގެ މެމްބަރަކު "ރަސް"އަށް ކަށަވަރުކޮށްދިން ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފާއި މެންބަރު ޑރ. މުހައްމަދު ޒާހިރުގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ނައިބުރައީސް އަބްދުއްސަލާމާއި މެންބަރު ތޯހާ މުހައްމަދު ވަކިކުރަން މިއަދު ފާސްކުރި އެވެ.
އަދި ނާސިހުވަކި ނުކުރަން ވެސް ފާސްކުރި ކަމަށް މެންބަރު މައުލޫމާތު ދެއްވިއެވެ.
ނަމަވެސް މިއަދުގެ ބައްދަލުވުން ކުރިއަށް ދިޔައީ ސިއްރުކޮށްގެން ކަމަށްވާތީ ނާސިހު ވަކިނުކުރަން ނިންނީ ކީއްވެގެންކަމެއް ސާފެއް ނުވެއެވެ.
ތިން ކޮމިޝަނެއްގެ މެމްބަރުން މަގާމުން ވަކިކުރަން ހުށަހެޅީ އެ ކޮމިޝަންތަކުގެ މެމްބަރުން އުސޫލާ ހިލާފުވެފައިވާ ކަމަށް ބުނެއެވެ.
މެމްބަރުންތަކެއް ވަކިކުރަން ހުށަހެޅިއިރު އޭސީސީއާއި އިލެކްޝަންސް ކޮމިޝަންގެ ރައީސްއާއި ނާއިބު ރައީސްގެ މަގާމު ރައީސުލްޖުމްޖޫރިއްޔާއަށް ސީދާ އައްޔަނުކުރެވޭ ގޮތަށް ހަދަން ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު