މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް---
މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް---
ސްޓެލްކޯއިން މިލިއަނުން ދައްކަން ޖެހޭ ސެޓްލްމަންޓަަކަށް އޭސީސިގެ ލަފާ ނުލިބި ބޮޑެތި ޖޫރިމަނާތައް އަރަމުންދާތީ މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ކޮމިޝަންތަކުގެ މެމްބަރުން ވަކިކުރާ މައްސަލައިގައި މިނިވަން މުވައްސަސާތަކުން އެކުލަވާލި ރިޕޯޓަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ނާޒިމް ވިދާޅުވީ މިހާރުވެސް އޭސީސީގެ މަސައްކަތްތައް ސްޕީޑުގައި ކުރިއަށް ނުދާ ކަމަށެވެ.

އެގޮތުން މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި އޮތް ސްޓެލްކޯގެ މައްސަލައެއް މިސާލެއްގެ ގޮތުގައި ނަންގަވައި ނާޒިމް ވިދާޅުވީ އަށް މިލިއަން ޑޮލަރުުގެ ބަދަލު ދިނުމަށް ސްޓެލްކޯއިން އެއްބަސްވުމެއް ކުރީ ސަރުކާރުގައި ހަދާފައި އެބައޮތް ކަމަށެވެ. އެ އެއްބަސްވުން ހަދާފައި އޮތީ ކޮވިޑްގެ ދުވަސްވަރު ގުދުރަތީ ކާރިސާއަކަށް ރިއާޔަތްކޮށް ކަމަށާއި ނަމަވެސް މިއީ އެއްވެސް ގައުމެއްގައި އަމަލުކުރާ ގޮތެއް ނޫން ކަމަށް ވެސް ނާޒިމް ވިދާޅުވު އެވެ.

އެ މައްސަލައިގައި އޭސީސީގެ ލަފަޔަކަށް ސްޓެލްކޯއިން އެދުމުން އޭގެ ހަބަރެއް ނުވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އޭގެ ނަތީޖާއެއްގެ ގޮތުން އެ ފައިސާ ނުދައްކާ ކޮންމެ ދުވަހަކު ކޮންމެ މަހަކަށް 2.5 ޕަސެންޓްގެ ޖޫރިމަނާ އަރަމުން ދަނީ. ހަމަ ޖައްސާފައި އޮތީ ކޮންމެ އަހަރަކު ދެ ލައްކައެއްހާ ޑޮލަރު ދައްކާގޮތަށް. އެ ނުދައްކާތީ އެ ޖޫރިމަނާ އެ ދަނީ އަރަމުން." ނާޒިމް ވިދާޅުވި އެވެ.

ސްޓެލްކޯއިން ބަދަލުދޭން އެއްބަސްވެފައި ވަނީ ކޮން ކުންފުންޏަކަށް ކަމެއް ނާޒިމް ވިދާޅެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން