މާލެ ސަރަހައްދުގެ މަގުމަތީގައި ބުޅާ އިންތިހާއަށް ގިނަވުމުން އޭގެ އުނދަގުލުން ސަލާމަތް ކުރުމަށް ހުޅުވި އޮޅުހިޔަލަށް ބުޅާ ނުގެންދާ ކަމަށް ދިރާތަކެއްޗާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ދިރާތަކެއްޗާ ބެހޭ ވުޒާރާއިން ބުނީ އޮޅުހިޔާ ފެސިލިޓީ އަށް މިހާތަނަށް މާލޭގެ މަގު މަތިން ބުޅާތައް ނަގައިގެން ގެންގޮސްފައި ނުވާ ކަމަށެވެ. މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ މާލެ ސިޓީ ކައުންސިލާއެވެ.

މިކަމާ ގުޅިގެން މިއަދު އެ ވުޒާރާއިން މާލެ ސިޓީ ކައުންސިލާ ބައްދަލުކޮށްފައިވާއިރު ވުޒާރާއިން ވަނީ އޮޅުހިޔާ ހުޅުވި ފަހުން މިހާތަނަށް މަގުމަތީގައި އުޅޭ ބުޅާތައް ފެސިލިޓީއެއް ގެންދިއުމުގެ އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.

ވުޒާރާއިން ކައުންސިލާ ބައްދަލުކުރީ އެކަމާ ގުޅޭ މައުލޫމާތުތައް ހޯދާށެވެ. އޮޅުހިޔަލުގެ ނަމުގައި މި ފެސިލިޓީ ހުޅުވި ދުވަހު ކައުންސިލުން ބުނެފައި ވަނީ މަގުތަކުން ބުޅާތައް ނަގައި ވަރަށް އަވަހަށް ފެސިލިޓީ އަށް ގެންދާނެ ކަމަށެވެ. އެތަން ހުޅުވީ މި މަހުގެ ދޭއްގައެވެ.

މާލެ ސިޓީ ކައުންސިލުން ދާދި ފަހުން ވަނީ އެ ފެސިލިޓީ އަށް ބޭނުންވާ ބުޅާ ކާނާ ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން ވެސް އިއުލާންކޮށްފައެވެ. އަދި މިހާރު ވެސް އެތަނަށް ބޭނުންވާ ބައެއް ތަކެތި ހޯދަން އޮތީ ބީލަމަށް ހުޅުވާލައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން