ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ އާއި، ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ އާއި، ސާޖަންޓް އެޓް އާމްސް ޠަލްހަތު ޙަސަން އެ މަގާމުތަކުގައި އިތުރު ދައުރަކަށް ބޭތިއްބުމަށް މަޖިލީހުން ފާސްކޮށްފިއެވެ.
އެބޭފުޅުން މަޤާމުތަކުގައި ބޭތިއްބުމަށް ނިންމާފައިވަނީ މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައެވެ.
މަޖިލީހުގެ ޤަވާއިދުގައި ބުނެފައިވަނީ އަލަށް އެކުލަވާލާ ކޮންމެ މަޖިލީހެއް އިންތިހާބުވެ މަސައްކަތް ފެށުމަށް ފަހު ހިނގާ ފުރަތަމަ ދެ ދައުރު ނިމުމުގެ ކުރިން މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު އެ ތިން މަގާމަށް މަޖިލީހުން ބޭފުޅުން އައްޔަންކުރަންވާނެ ކަމަށެވެ.
މިއަދުގެ ޖަލްސާގައި ނިއުޝާ މަޤާމުގައި ބެހެއްޓުމަށް ފެންނަ ކަމަށް 79 މެމްބަރުން ވޯޓު ދެއްވާފައިވާއިރު ފިލްޒާ އާއި ޠަލްހަތު މަޤާމުތަކުގައި ބޭތިއްބުމަށް ފެންނަ ކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 80 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަޙީމް މިއަދު ވިދާޅުވީ އެ ބޭފުޅުން އެ މަގާމުތަކަށް އައްޔަންކުރަން ނިންމާފައިވަނީ މިދިޔަ 19 ވަނަ މަޖިލީހުގައި ވެސް އަމަލުކޮށްފައިވާ ގޮތަށް ރިޢާޔަތް ކުރެއްވުމަށް ފަހު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު