އީސީގެ ނައިބުރައީސް ޢަލީ ނަޝާތާއި މެންބަރު މުޙައްމަދު އާސިފު ވަކިކޮށް، ޑރ. މުޙައްމަދު ޒާހިރު އީސީން ވަކިނުކުރަން މަޖިލީހުން ފާސްކޮށްފިއެވެ.
އީސީގެ 3 މެންބަރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ މިމަހުގެ 12ވަނަ ދުވަހުއެވެ. އެ މައްސަލާގައި އިއްޔެ ވަނީ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ އީސީގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފާއި މެންބަރު ޑރ. މުހައްމަދު ޒާހިރު ވަކިކުރުމަށެވެ.
ނަމަވެސް މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އެބޭފުޅުން އީސީން ވަކިކުރުމަށް ވޯޓަށް އެހުމުން މަޖިލީހުން ފާސްކޮށްފައިވަނީ އީސީގެ ނާއިބު ރައީސް ނަޝާތާއި މެންބަރު އާސިފް މަގާމުން ވަކިކުރުމަށެވެ. އަދި ކޮމިޝަނުގެ މެންބަރު ޑރ. ޒާހިރު މަގާމުން ވަކިނުކުރުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
އެގޮތުން ނަޝާތު ވަކިކުރުމަށް ފާސްކޮށްފައިވަނީ 69 މެންބަރުންގެ ވޯޓުންނެވެ. އަދި މުޙައްމަދު އާސިފް ވަކިކުރުމަށް 68 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.
ކޮމިޝަންގެ މެމްބަރު ޑރ. މުޙައްމަދު ޒާހިރު ވަކިކުރަން ވޯޓަށް އެހުމުން އޭނާއަށް އިތުބާރު އޮތްކަމަށް 70 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.
އީސީގެ 2 މެންބަރުން ވަކިކުރަން މަޖިލީހުން ފާސްކޮށްފައިވާއިރު އެބޭފުޅުން ވަކިކުރަން ނިންމި ގޮތުގެ ރިޕޯޓު މިއަދުގެ މަޖިލީހުގެ ތަޅުމުގައި ވަނީ އިއްވާފައެވެ. އެގޮތުން އެބޭފުޅުންގެ މައްޗަށް 19 ތުހުމަތެއް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު