އޭސީސީ އާއި އީސީގެ ވެރިން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އޭސީސީއާއި އީސީގެ އިސްވެރިން އައްޔަނުކުރުމުގެ ބާރު ރައީސަށް ދިނުމާގުޅޭ އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.
އަދި މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މިދިޔަ ހަފްތާގައި ނިންމާފައިވަނީ ސަރުކާރުން ފޮނުވި ގޮތަށް އެ ދެ ބިލު ވެސް ފާސް ކުރުމަށެވެ.
އެހެންކަމުން މިއަދުގެ މަޖިލީހުގައި އެ ދެ ބިލު ފާސް ކުރަން ފެނޭތޯ ނެގި ވޯޓުގައި މި ދެ ބިލު ވެސް ފާސްކޮށްފައި ވަނީ 69 މެންބަރުންގެ ތާއީދާ އެކު އެވެ. ދެކޮޅަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.
އޭސީސީ އާއި އީސީގެ ގާނޫނުގައި މިހާރު ބަޔާންކޮށްފައި ވަނީ އެ ދެ ކޮމިޝަނަށްވެސް ރައީސަކާއި ނާއިބު ރައީސަކު އައްޔަންކުރަނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން، އެ ކޮމިޝަންގެ މެންބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅުން ވޯޓުލައިގެން ކަމަށެވެ.
ނަމަވެސް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގައިވާ ގޮތުން ދެ މުވައްސަސާގެ ވެރިންނަށް އައްުޔަނުކުރަން ބޭނުންވާ ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅަން ޖެހޭނެ އެވެ. އަދި މަޖިލީހުން ފާސްކުރާ ބޭފުޅުން އެ މަގާމުތަކަށް އައްޔަނުކުރަން ޖެހޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު