ކުޑަކުއްޖެއްގެ ގައިގައި ފަތިބުރިއަކުން ޖެހި މީހަކު ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ރޭ ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ މާލެއަށް ނިސްބަތްވާ 40 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އެގޮތުން އެ މީހާ އެ ފަތިބުރިން ކުޑަކުއްޖާގެ އިތުރުން ބޮޑު މީހެއްގެ ގައިގައި ޖެހިކަމަށް ވެސް ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބުނެފައި ވެއެވެ.
އަދި އެ މައްސަލައިގައި ހެކި ބަސް ދޭން ތިބީ ހައްޔަރުކުރި މީހާގެ އާއިލާގެ މީހުން ކަމަށްވާތީ ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮވެދާނެކަމަށް ބުނެ އޭނާ 15 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ވެސް ވަނީ ކޯޓުން އަމުރުކޮށްފަ އެވެ.
ކުޑަކުދިންނާގުޅޭ ކުށްތަކަކީ ބޮޑެތި ހުކުމްތައް އަންނަ ކުށްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު