ރައީސް ނަޝީދު އަދި އަބްދުއްރަހީމް--
ރައީސް ނަޝީދު އަދި އަބްދުއްރަހީމް--
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރިކަމަށް ބުނާ ވާހަކަތައް ހިލާލީގެއިން ދޮގުކޮށްފި އެވެ.

މިއަދު ހެނދުނު، ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގޭގައި އެ ބައްދަލުވުން ކުރިއަަށް ދިޔަ ކަަމަށް "ޢަދަދު" ނޫހުން އޮތީ ރިޕޯޓްކޮށްފަ އެވެ.

ނަމަވެސް އަބްދުއްރަހީމް ދިރިއުޅުއްވާ ހިލާލީގޭގެ ޗީފް އޮފް ސްޓާފް، އާދަމް ހަލީމް (މުންޑޫ) އެކްސްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދާ ބައްދަލުކުރި ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަަށެވެ.

މުންޑޫ ވިދާޅުވީ ކެނެރީގޭގައި ވެސް މަޖިލީހުގެ ރައީސްގެ ރަސްމީގެކޮޅު، މުރައިދޫގައި ވެސް އަދި އެހެން ތަނެއްގައިވެސް އަބްދުއްރަހީމް ނަޝީދާ ބައްދަލެއް ނުކުރައްވާ ކަމަށެވެ.

ރައީސް ނަޝީދު މަޖިލީހުގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވިފަހުން މިހާރު ދިރިއުޅުއްވަނީ ގާނާގަ އެވެ. އެ ގައުމުގައި އެމަނިކުފާނު އަދާކުރައްވަނީ ކްލައިމެޓް ވަލްނެރިބިލިޓީ ފަންޑު (ސީވީއެފް)ގެ ސެކެޓްރީ ޖެެނެރަލްގެ މަގާމެވެެ.

ރައީސް ނަޝީދު ގައުމުން ބޭރުގައި ދިރިއުޅުއްވަން ފެއްޓެވި ފަހުން ސިޔާސީ ކަންކަމާ ގުޅޭ ގޮތުން ކުރިން ހިޔާލު ފާޅުކުރައްވާ މިންވަރަށް ޚިޔާލު ފާޅުކުރައްވައި ފާޑުކިއުއްވައެއް ނޫޅުއްވަ އެވެ. ނަމަވެސް މި ފަހަަކަށް އައިސް އެމަނިކުފާނު އިސްވެ ހުންނަވައި އުފެއްދެވި، ޑިމޮކްރެޓްސް ޕާޓީން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން