ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލުގެ 85 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި އަންނަ އަހަރު މެދުތެރޭގައި އާ ޓާމިނަލް ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުމުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު އިއްޔެ ވިދާޅުވީ އާޓާމިނަލްގެ އެއްބައި މިވަގުތު ހުޅުވުމަށް ހުރަހެއް ނެތްނަމަވެސް އެއާލައިން އޮޕަރޭޓާސް ކޮމެޓީން ލަފާދީފައިވަނީ ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިންމުމަށްފަހު ހުޅުވުމަށް ކަމަށެވެ.
ސަބަބެއް ކަމަށް ޝަރީފް ވިދާޅުވީ މިއީ ޔޫރަޕަށް ފިނި ދުވަސްވަރު ކަމަށް ވުމުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުވާނެތީ ޓާމިނަލް ފުލީ އޮޕަރޭޝަނަށް ނުގެނަސް ހުޅުވައިފިނަމަ ދިމާވެދާނެ ގޮންޖެހުންތަކުން އެއްކިބާވުން ކަމަށެވެ.
ޝަރީފު ވިދާޅުވީ އާ ޓާމިނަލް އެއްކޮށް ނުހުޅުވުނަސް، ޓާމިނަލްގެ ބައެއް މިއަހަރު ހުޅުވުމަކީ ރައީސް މުއިއްޒުގެ ވައުދެއް ކަމަށާއި ނަމަވެސް މިހާރުގެ ޙާލަތު ރައީސް ޑރ. މުޢިއްޒުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ.
އެގޮތުން އާ ޓާމިނަލް ހަ އެއިރޯ ބްރިޖު އެއްކޮށް ހުޅުވުމުގެ ބަދަލުގައި ތިން އެއިރޯ ބްރިޖާއެކު އެއާޕޯޓުގެ ބައެއް މި ނޮވެމްބަރު މަހު ހުޅުވުމަށް މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ކުރެއްވިފައި ނުވާކަމަށް ޝަރީފް ވަނީ މަޖިލީހުގެ ކޮމިޓީގައި ވިދާޅުވެފައެވެ.
މީގެ ކުރިން ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އާ ޓާމިނަލްގެ ބައެއް ވިޔަސް ހުޅުވުން ކަމަށާއި އިޤްތިޞާދު ހީނަރުކަމެއްގައި އޮތް އިރު 2025 ގެ ޖުލައިއަށް ޓާމިނަލްގެ މަސައްކަތް ނިމުމަކީ ބަލައިގަންނަވަން އުނދަގޫ ކަމެއް ކަމަށެވެ.
ހަމައެހެންމެ ވެލާނާ އިންޓަނޭޝަން އެއާޕޯޓްގެ އާ ޓާމިނަލްގެ އެއްބައި ޑިސެމްބަރު މަހު އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރަށްވާކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލްވެސް ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހު ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްޤީ ކުރަންފެށި ވީއައިއޭގެ އާ ޓާމިނަލް ހަދާފައި ވަނީ އަހަރަކު 7.5 މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށެވެ. އެއީ ދުވާލަކު 8000 ފަސެންޖަރުންގެ ނިސްބަތުންނެވެ.
އާ ޓާމިނަލްގައި އެއިރޯ ބޯޑިން ބްރިޖްތަކާއި، އެންމެ ފަހުގެ ޒަމާނީ ބެގޭޖް ހޭންޑްލިން ވެސް ހިމެނޭއިރު ސެލްފް ސާވިސް ޗެކިން ހިދުމަތް ވެސް ގާއިމު ކުރެވިފައި ހުންނާނެ ކަމަށް އެމްއޭސީއެލުން މަޢުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު