މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން--
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން--
ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރު އިތުރުކުރަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހުގެ މި ދައުރު ނިންމަން ކަނޑައަޅާފައިވަނީ 30 ނޮވެމްބަރާ ހަަމައަށް ކަމަށެވެ. އެހެން ނަމަވެސް މަޖިލީހުގެ އިތުރު މަސައްކަތްތައް ވެސް ހުރުމާއެކު މި ދައުރު އަންނަ މަހުގެ 15 އާ ހަަމައަށް ދަންމާލަން ގަސްތުކުރައްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަދި މިއަދުގެ ޖަލްސާގައި އެކަމާ ގުޅޭގޮތުން ވޯޓަށް އައްސަވާނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

މަަޖިލީހުގެ ދައުރު ނިންމާލިއިރު ޑޮލަރު މާރުކުރުމަށް ހަދާފައިވާ ގަވާއިދު ގާނޫނަކަށް ހެދުމަށް ބިލެއް ޑްރާފްޓް ކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުން ނެވެ. ބެލެވޭ ގޮތުގައި މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން އެ ބިލު ފާސްކޮށް ނިންމާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން