އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
އެ މަގާމަށް ކުރިމަތިލާން ހުޅުވާލީ އީސީގެ ދެ މެމްބްރަކު ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮަށްފައިވާތީ އެ ކޮމިޝަންގެ ދެ ގޮނޑި ހުސްވުމުންނެވެ.
އީސީގެ ނައިބުރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފު ވަކިކުރަން މަޖިލީހުން ފާސްކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ ދެ މެމްބަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
އެގޮތުން އެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ފަހަކާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި ފުވާދު ތައުފީގުގެ ދައުރު ހަމަވެ އެ ގޮނޑިވެސް ވަނީ ހުސްވެފައެވެ. ފުވާދުގެ ބަދަލުގައި އަބްދުލް ހަސީބް އިސްމާއިލް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިިދިޔަ މަހު ފާސްކޮށްފައިވާ އިރު އޭނާ އަދި އެ މަގާމަށް އައްޔަނެއް ނުކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު