މާލެ ތެރޭގައި އުޅޭ ބުޅާތައް އަންނަ މަހު ހުޅުމާލެ ފޭސް ދޭއްގައި ގާއިމުކުރި ކެޓް ޝެލްޓާއަށް ގެންދަން މަސައްކަތް ކުރަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލެ ސަރަހައްދުގެ މަގުތަކާއި އާންމު ތަންތަނުގައި އުޅޭ ބުޅާތައް ގިނަވެ ބުޅަލުން ޖެހޭ ބަލިތަކުން ސަލާމަތްކޮށް އެ ބުޅާތައް ބަލަހައްޓަން "އޮޅު ހިޔާ"ގެ ނަމުގައި ހެދި ކެޓް ޝެލްޓާ ހުޅުވީ މި މަހުގެ ދެވަނަ ދުވަހު އެވެ.
އެއާއެކު މާލޭ ސިޓީ ކައުންސިލުން މިހާރު ނިންމާފައިވަނީ މާލެ ސަރަހައްދުގައި އުޅޭ އެ ބުޅާތައް ކެޓް ޝެލްޓާއަށް ގެންދިއުމަށެވެ.
މާާލޭ ސިޓީ ކައުންސިލުން މިއަދު އެކްސްގައި ބުނީ ކެޓް ޝެލްޓަރ އަށް ބުޅާތައް ގެންދަން ފެށުމުގެ އެންމެ ފަހުގެ މަޝްވަރާތައް އެންޖީއޯ ތަކާއިއެކު މިހާރު ފަށާފައިވާ ކަމަށެވެ.
"ކައުންސިލުން މަސައްކަތް ކުރަމުން މިދަނީ ޑިސެމްބަރ މަހުގެ ފުރަތަމަ ހަފްތާގައި މާލެތެރޭ އުޅޭ ބުޅާތައް މަގުމަތިން ނަގަން ފެށުމަށް" މާލޭ ސިޓީ ކައުންސިލުން އެކްސްގައި ބުނެފައި ވެެއެވެ.
ކެޓް ޝެލްޓާއަށް ކާބޯތަކެތި ފޯރުކޮށްދޭނެ ބަޔަކު ހޯދަން ވެސް މާލޭ ސިޓީ ކައުންސިލުން މި މަހުގެ ނުވަ ވަނަ ދުވަހު އޮތީ އިއުލާންކޮށްފަ އެވެ.
ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި ފުރަތަމަ ހަ މަސް ދުވަހު ކެޓް ޝެލްޓާގައި 500 ބުޅަލަށް ކާން ދޭން ވަނީ ނިންމައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު