އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމާ ގުޅޭ ގޮތުން ރޭ ހޯމް މިނިސްޓަރު އަލީ އިހުސާން ކުރެއްވި ޓުވީޓު ޑިލީޓްކޮށްލި ސަބަބު މިނިސްޓަރު ސާފުކޮށްދެއްވައިފި އެވެ.
ނަތަންޔާހޫއާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު ޓުވީޓު ކުރެއްވީ ނަތަންޔާހޫ ހައްޔަރުކުރަން ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ގުޅިގެން ރާއްޖޭގެ މީޑިއާއަކުން ރިޕޯޓްކުރި ހަބަރަކާ ގުޅިގެން ނެވެ.
އެގޮތުން ނަތަންޔާހޫ ރާާއްޖެ ވަޑައިގެންފިނަމަ ހައްޔަރުކުރާނެތޯ ސުވާލު ކުރުމުން މިނިސްޓަރު ހަނު ހުންނެވިކަމަށް އެ ނޫހުން ރިޕޯޓްކުރުމުން އެއަށް ރައްދު ދެއްވައި މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ އިންޓަރނޭޝަނަލް ކޯޓުތަކުގެ އަމުރުތައް ވަކި މީހަކު އިސްތިސްނާނުކޮށް ތަންފީޒުކުރާނެ ގައުމެއް ކަމަށެވެ.
ނަމަވެސް ފަހުން އެ ޓުވީޓު މިނިސްޓަރު ވަނީ ޑިލީޓް ކުރައްވައިފަ އެވެ. އެހެންވެ ފާޑުކިއުން އޮތީ އަމާޒުވެފަ އެވެ.
ނަމަވެސް މިނިސްޓަރު މިއަދު އެކްސްގައި ވަނީ އެ ޓުވީޓު ޑިލީޓްކުރެއްވި ސަބަބު ސާފުކޮށްދެއްވައިފަ އެވެ.
"ރޭގަ އަޅުގަނޑު އެކްސްގައި ކުރި ޕޯސްޓް ޑިލީޓުކުރީ ބައެއް ހެޔޮއެދޭބޭފުޅުން އެޓުވީޓުގައި މީޑިއާއަކަށް ނިސްބަތްކޮށް އަޅުގަނޑު ބުނި ވާހަކައަކީ ރަސްމީ ހައިސިއްޔަތުން ބުނަން އެންމެ ރަނގަޅުވާހަކައެއްކަމަށް އެބޭފުޅުން ނުދެކޭކަމަށް ބުނުމުން. އެއްވެސް ހާލެއްގަ ޕޯސްޓުގައިވާ ސްޓޭޓްމަންޓް އަދި ރާއްޖޭގެ ސިޔާސަތު ބަދަލުވުމަކުންނެއްނޫން. މިކަން މީސްމީޑިއާގައި މީހުންނަށް އޮޅޭގޮތަށް ފަތުރަމުންދާތީ ސާފުކޮށްދެން." މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެއަކީ އިންޓަރނޭޝަނަލް ކޯޓުތަކުގެ އަމުރުތައް ވަކި މީހަކު އިސްތިސްނާނުކޮށް ތަންފީޒުކުރާނެ ގައުމެއް ކަމަށް ފަހުން ކުރެއްވި ޓުވީޓުގައި ވެސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު