ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މިދިޔަ ބުދަ ދުވަހު ފާސްކޮށްފައިވާ އާބަން ޑިވެލޮޕްމަންޓްގެ ބިލު އަލުން މުރާޖަޢާ ކުރުމަށް މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯސިއޭޝަނުން ގޮވާލައިފި އެވެ.
ކައުންސިލްތަކުގެ ޖަމިއްޔާއިން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އާބަން ޑިވެލޮޕްމަންޓްގެ ބިލު ފާސްވުމާއެކު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން، ރަށު އަދި ސިޓީ ކައުންސިލްތަކަށް އެ ރަށެއް ނުވަތަ ސިޓީއެއްގެ ތަރައްގީގެ ކަންކަން ރާވާ ތަރުތީބު ކުރުމަށް ލިބިދީފައިވާ ބާރު ގެއްލި އެކަންކަމުގައި ކައުންސިލްތަކުގެ ދައުރު ވަރަށް ބޮޑަށް ހަނިވެފައިވާ ކަމަށެވެ.
"ބިލާ މެދު ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުން ހުޅުވާލި ކުރު މުއްދަތުގައި މި ޖަމިއްޔާއިން ވާނީ މި ބިލާ މެދު ހުރި ކަންބޮޑުވުންތައް ލިޔުމުން ހިއްސާކޮށްފަ އެވެ. އެހެންނަމަވެސް، ރައްޔިތުންގެ އެއްވެސް ބައިވެރިވުމެއް އަދި މަޝްވަރާއެއް ނުހޯދާ މި ބިލު ވަނީ ކޮމިޓީއިން ދިރާސާކޮށް ނިންމާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ފާސްކޮށްފަ." ކައުންސިލްތަކުގެ ޖަމިއްޔާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
ހަމައެއާއެކު އެބިލުން ތަރައްޤީގެ ކަންކަން ނިންމުމަށް ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ލިބިދީފާއިވާ ބާރާއި އިޚްތިޔާރު ހަނިކޮށްފައިވުމަކީ އެޖަމްޢިއްޔާއިން ކަންބޮޑުވާ ކަމެއްކަން ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. އެގޮތުން ބިލުގައި އާބަން ސަރަހައްދުތައް ކަނޑައެޅުމުގެ ބާރު މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ކަމަށާއި އެގޮތަށް ކަނޑައެޅިއިރު އެގާނޫނުގައި ރައްޔިތުންގެ ބަހެއް އަދި ހިޔާލެއް އެކަމުގައި އޮންނާނެ އެއްވެސް ހަރުދަނާ އިޖުރާތެއް ނެތް ކަމަށް ލޯކަލް ކައުންސިލްތަކުގެ ޖަމިއްޔާއިން ވަނީ ހާމަކޮށްފައެވެ.
“ބިލަކީ ސީދާ ރައްޔިތުންގެ ދިރިއުޅުމަށް އަސަރުކުރާނެފަދަ ދުރުރާސްތާ ޕްލޭންތަކަކާއި ޕޮލިސީތަކެއް ހެދުމަށް ބާރުދޭ ޤާނޫނަކަށްވާއިރު ރައްޔިތުން ޝާމިލްވާގޮތަށް އެކަންކަމުގައި އެއްވެސް ވަރަކަށް މަޝްވަރާ ކުރެވިފައި ނުވާކަމާއި އެ ފުރުސަތުވެސް ރައްޔިތުންނަށް ދީފައިނުވާކަން މިޖަމިއްޔާއިން ފާހަގަ ކުރަމެވެ.” ބަޔާނުގައިވެއެވެ.
އެހެންކަމުން އެބިލު ތަސްދީޤު ނުކޮށް އަލުން މަޖިލީހަށް ފޮނުވުމަށް ކައުންސިލްތަކުގެ ޖަމިއްޔާއިންވަނީ ސަރުކާރަށް ގޮވާލާފައެވެ.
ކައުންސިލްތަކުގެ ޖަމިއްޔާއިން ބިލު ތަސްދީޤު ނުކުރުމަށް ގޮވާލާފައިވާއިރު ސަރުކާރުގެ ފަރާތުން ވިލިނގިލީ ދާއިރާގެ މެންބަރު އާޒިމް އަބްދުލްއަޒީޒް ހުށައެޅުއްވި އާބަން ޑިވެލޮޕްމަންޓްގެ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 70 މެންބަރުންގެ ވޯޓުންނެވެ. މި ބިލާއި ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވި އެވެ.
މި ބިލު މަޖިލީހުން ފާސްކޮށްފައިވާއިރު އާބަން ސެންޓަރުތައް ތަރައްޤީކުރާނެ 7 ރަށެއް ސަރުކާރުން މިހާރު ވަނީ އިއުލާންކޮށްފައެވެ. އާބަން ސެންޓަރު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ރ. އުނގޫފާރާއި ބ. އޭދަފުއްޓާއި ޅ. ނައިފަރާއި އދ. މަހިބަދޫ އާއި ފ. ނިލަންދޫ އާއި ދ. ކުޑަހުވަދޫ އާއި ލ. ފޮނަދޫގައެވެ.
މިބިލުގައި އާބަން ސަރަހައްދުތައް ކަނޑައެޅުމާއި އާބަން ސަރަހައްދުތައް ތަރައްގީކޮށް ހިންގުމާބެހޭ ޤައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށް ބަޔާން ކޮށްފައިވެއެވެ.
ހަމައެއާއެކު އާބަން ސަރަހައްދުތަކުގެ އޭރިޔާ ޑިވެލޮޕްމަންޓް މާސްޓާ ޕްލޭން ތައްޔާރުކޮށް އެފަދަ ސަރަހައްދުތައް ތަރައްގީކުރާ ފަރާތްތަކަށް ތަރައްގީކުރުމުގެ ހުއްދަތައް ދިނުމާއި އެފަރާތްތަކުން އެ ސަރަހައްދުތަކުގައި ކުރިއަށްގެންދާ ތަރައްގީގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި އާބަން ޑިވެެލޮޕްްމަންޓް އޮތޯރިޓީގެ ނަމުގައި އިދާރާއެއް އުފެއްދުމަށްވެސް ހިމަނާފައިވެއެވެ.

27 ނޮވެމްބަރ 2024 ވަނަ ދުވަހު ފާސްކުރި "އަރބަން ޑިވެލޮޕްމަންޓްގެ ބިލް" އާ ގުޅިގެން މި ޖަމްޢިއްޔާއިން ނެރޭ ބަޔާން. މި ބިލުން ތަރައްޤީގެ ކަންކަން ނިންމުމަށް ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ލިބިދީފާއިވާ ބާރާއި އިޚްތިޔާރު ހަނިކޮށްފައިވުމަކީ މިޖަމްޢިއްޔާއިން ކަންބޮޑުވާ ކަމެއް pic.twitter.com/CNBgbHbwJR
— Maldives Local Councils' Association (@MLCAssociation) November 29, 2024
ކައުންސިލްތަކުގެ ޖަމިއްޔާއިން ބިލު ތަސްދީޤު ނުކުރުމަށް ގޮވާލާފައިވާއިރު ސަރުކާރުގެ ފަރާތުން ވިލިނގިލީ ދާއިރާގެ މެންބަރު އާޒިމް އަބްދުލްއަޒީޒް ހުށައެޅުއްވި އާބަން ޑިވެލޮޕްމަންޓްގެ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 70 މެންބަރުންގެ ވޯޓުންނެވެ. މި ބިލާއި ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވި އެވެ.
މި ބިލު މަޖިލީހުން ފާސްކޮށްފައިވާއިރު އާބަން ސެންޓަރުތައް ތަރައްޤީކުރާނެ 7 ރަށެއް ސަރުކާރުން މިހާރު ވަނީ އިއުލާންކޮށްފައެވެ. އާބަން ސެންޓަރު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ރ. އުނގޫފާރާއި ބ. އޭދަފުއްޓާއި ޅ. ނައިފަރާއި އދ. މަހިބަދޫ އާއި ފ. ނިލަންދޫ އާއި ދ. ކުޑަހުވަދޫ އާއި ލ. ފޮނަދޫގައެވެ.
މިބިލުގައި އާބަން ސަރަހައްދުތައް ކަނޑައެޅުމާއި އާބަން ސަރަހައްދުތައް ތަރައްގީކޮށް ހިންގުމާބެހޭ ޤައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށް ބަޔާން ކޮށްފައިވެއެވެ.
ހަމައެއާއެކު އާބަން ސަރަހައްދުތަކުގެ އޭރިޔާ ޑިވެލޮޕްމަންޓް މާސްޓާ ޕްލޭން ތައްޔާރުކޮށް އެފަދަ ސަރަހައްދުތައް ތަރައްގީކުރާ ފަރާތްތަކަށް ތަރައްގީކުރުމުގެ ހުއްދަތައް ދިނުމާއި އެފަރާތްތަކުން އެ ސަރަހައްދުތަކުގައި ކުރިއަށްގެންދާ ތަރައްގީގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި އާބަން ޑިވެެލޮޕްްމަންޓް އޮތޯރިޓީގެ ނަމުގައި އިދާރާއެއް އުފެއްދުމަށްވެސް ހިމަނާފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު