ޓްވީޓެއްގެ މައްސަލައިގައި މިއަދު ފުލުހަށް ހާޒިރުކުރި އެމްޑީޕީގެ ސޯޝަލްމީޑިއާ އެކްޓިވިސްޓް ހުސައިން ޝާފިއުގެ ޓްވީޓުގައި އަނިޔާ ރައްދުވާ ފަރާތް ފުލުހުންނަށް ބުނެދެވިފައިނުވާ ކަމަށް ޝާފިއުގެ ވަކީލު އިބްރާހިމް ޝިޔާން ވިދާޅުވެއްޖެއެވެ.
ޝާފިއުގެ ޓްވީޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނަން ގެނެސްފައެއް ނުވެއެވެ. ނުވަތަ އެނޫން މީހެއްގެ ނަމެއް ވެސް ގެނެސްފައެއް ނެތެވެ. އޭނާގެ ޓްވީޓުގައި ލިޔެފައި އޮތީ ކައްޒާބެވެ. އަދި އެއަށްފަހު އެ ޕޯސްޓުގައި އޭނާ ދީފައިވާ "އިންޒާރަކާ" ގުޅިގެން ކަމަށް ބުނެ ޝާފިއު ފުލުހަށް ހާޒިރުކުރީ މިއަދު މެންދުރެވެ.
ޝާފިއުގެ ވަކީލު ޝިޔާން ވިދާޅުވީ އެ މައްސަލައިގައި ފުލުހުން ތިން ކަމެއް ޝާފިއުގެ މައްޗަށް ތުހުމަތުކުރާ ކަމަށެވެ.
އޭގެ ތެރޭގައި އަނިޔާއެއް ދީފާނެކަމުގެ ބިރު ދެއްކުމުގެ ކުށާއި، މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ފަދަ ބިރެއް ކުރިމަތި ކުރުމުގެ ކުށުގެ އިތުރުން އެއްވެސް ހަޑިހުތުރު އެއްޗެއް ހިމެނޭ ވަސީލަތެއް ޝާއިއު ކުރުމާއި އާންމުކޮށް ހުޅުވާލައިގެން ދެއްކުމާއި އެނޫން ވެސް ގޮތަކުން މީހުންނާ ހަމައަށް އެފަދަ އެއްޗެއް ފޯރުކޮށްދިނުމުގެ ކުށެއެވެ.
ނަމަވެސް ޝާފިއުގެ ޓްވީޓުން އަނިޔާ ރައްދުވާ ފަރާތް އެއްގޮތަކަށް ވެސް ފުލުހުންނަށް ބުނެނުދެވުނު ކަމަށް ޝިޔާން ވިދާޅުވިއެވެ.
"ފުލުހުންގެ ފަރާތުން ހަމައެކަނި ބުނާ އެއްޗަކީ މުޖުތަމައުއަށް އަނިޔާއެއް ވާގޮތަށޭ މިއޮތީ. ދެން ޝާފިއުގެ ފަރާތުން ކުރި ސުވާލެއް މިއީ އެއްވެސް މީހަކު މިހާތަނަށް ފުލުހުންގެ އިދާރާއަށް މިއޮތްހާ ދުވަސްވީ އިރު އެއްވެސް މީހަކު ޝަކުވާއެއް ކޮށްފައިވޭ ހެއްޔޭ. އެ ޝަކުވާއެއް ނެތް ކަމަށް ފުލުހުންގެ ފަރާތުން އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ" ވަކީލު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު