ހުޅުމާލޭގައި ހިންގަމުންދާ ކެފޭތަކެއް ފާސްކޮށް ގަވާޢިދާ ޚިލާފަށް އުޅޭ ދެ ބިދޭސީއަކު އިމިގްރޭޝަނުން އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމުގެ ގޮތުން ހިންގަމުންދާ ރެއިޑުތަކުގެ ދަށުން ހުޅުމާލޭގައި ހިންގަމުންދާ 03 ކެފޭ އެއް މިއަދުގެ ހަވީރުގެ ވަގުތެއްގައި ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އަދި އެތަނުން ކެފޭ އެއްގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ 02 ބިދޭސީއަކު މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
އަދި އޭގެ ތެރެއިން އެކަކީ ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ ކަމަށް ބުނެ ރިޕޯޓު ކޮށްފައިވާ ބިދޭސީއެއް ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ސަރުކާރުގެ އިދާރާތަކާ އިމިގްރޭޝަނާ ގުޅިގެން ހިންގަމުންދާ ރެއިޑު ތަކުން އަތުލައިގަނެވޭ މީހުންނާމެދު އިމިގްރޭޝަނުން ދަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ވަނީ ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 5000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓު ކޮޢްފައެވެ.

ކިޔުންތެރިންގެ ހިޔާލު