ޖަޕާނުގެ ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވި ޝިންޒޯ އަބޭ އަކީ އާދަޔާޚިލާފް ލީޑަރެއްކަމަށް ވިދާޅުވެ، އަބޭ އަށް އަވަސް ޝިފާއަކަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އެދިވަަޑައިގެންފިއެވެ.
ރައީސް ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަބޭ އަކީ އާދަޔާ ހިލާފު ލީޑަރެއް ކަމަށާއި، އެމަނިކުފާނަކީ ޖަޕާނާ ރާއްޖެއާ ދެމެދުގެ އޮންނަ ގުޅުން ގާތް ކުރުމުގައި މަސައްކަތް ކުރެއްވި ޗެމްޕިއަނެއް ކަމަށެވެ. ރައީސް ޞާލިޙް ވަނީ، ޝިންޒޯ އަބޭ އަށް އަވަސް ޝިފާއަކަށާއި ކާމިޔާބީ އަށް އެެދިވަޑައިގެންފައެވެ.
އުމުރުން 65 އަހަރުގެ އަބޭއަކީ މިހާތަނަށް އެންމެ ގިނަ ދުވަސްވަންދެން ޖަޕާނުގެ ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޤާމުން އިސްތިޢުފާ ދެއްވަވާފައިވާކަން އިޢުލާނުކުރައްވަމުން އަބޭ ވިދާޅުވީ ރައްޔިތުންގެ ކަންކަމުގައި އެންމެ ރަނގަޅު ނިންމުންތައް ނިންމުމުގެ ސިއްޙީ ޤާބިލުކަން ނެތުމުން މަޤާމުން އިސްތިޢުފާދެއްވުމަށް ނިންމަވާފައިވާކަމަށެވެ.
ގޮހޮރު ދުޅަވުން ނުވަތަ އަލްސެރޭޓިވް ކޮލައިޓިސް ޖެހިވަޑައިގެން ބޮޑުވަޒީރު އަބޭ ފަރުވާ ހޯއްދަވަމުންދާތާ ގިނަ އަހަރުތަކެއްވަނީ ވެފައެވެ. މި ބަލީގެ ތަކުލީފުތަކުގައި، މީގެ ކުރިންވެސް އަބޭ ވަނީ ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި އަބޭ ވަނީ އޮގަސްޓްމަހު 3 ދުވަހުގެ ޗުއްޓީއެއް ނަންގަވާފައެވެ. އޮގަސްޓްމަހުގެ 17 ވަނަ ދުވަހު އަބޭ ހޮސްޕިޓަލަށް ވަޑައިގެން 7 ގަޑިއިރު ހޭދަކުރައްވާފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
މަގާމުން ރަސްމީ ހައިސިއްޔަތުގައި އިސްތިއުފާ ދެއްވި ނަމަވެސް، އާ ބޮޑުވަޒީރަކު ކަނޑައެޅެންދެން އެ މައްސޫލިއްޔަތު އަދާކުރައްވާނީ އަބޭ ކަމަށް ޚަބަރު ލިބެއެވެ. ބޮޑުވަޒީރު ކަމުގެ މަގާމުން އަބޭ އިސްތިއުފާ ދެއްވުމާއެކު އާ ލީޑަރަކު އިންތިހާބު ކުރުމުގެ މަސައްކަތް، ވެރިކަން ކުރާ ލިބަރަލް ޑިމޮކްރަޓިކް ޕާޓީ (އެލްޑީޕީ)އިން ކުރަންޖެހެއެވެ. އާ ބޮޑުވަޒީރަކު ކަނޑައަޅާނީ ގާނޫނު ހަދާ މަޖިލީހުންނެވެ. އަބޭއަށްފަހު ދެން ބޮޑުވަޒީރު ކަމަށް ވަޑައިގެންފާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ އަބޭގެ ޑެޕިއުޓީ އަދި ފިނޭންސް މިނިސްޓަރ ކަމުގައި ހުންނެވި ޓާރޯ އަސޯ އެވެ.

I had the pleasure of meeting PM @AbeShinzo in Tokyo last year. An exceptional leader and a great champion of closer Maldives-Japan relations, I join the people of Maldives in wishing him good health and every success in life. pic.twitter.com/yAbktVfx4c
— Ibrahim Mohamed Solih (@ibusolih) August 28, 2020
އުމުރުން 65 އަހަރުގެ އަބޭއަކީ މިހާތަނަށް އެންމެ ގިނަ ދުވަސްވަންދެން ޖަޕާނުގެ ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޤާމުން އިސްތިޢުފާ ދެއްވަވާފައިވާކަން އިޢުލާނުކުރައްވަމުން އަބޭ ވިދާޅުވީ ރައްޔިތުންގެ ކަންކަމުގައި އެންމެ ރަނގަޅު ނިންމުންތައް ނިންމުމުގެ ސިއްޙީ ޤާބިލުކަން ނެތުމުން މަޤާމުން އިސްތިޢުފާދެއްވުމަށް ނިންމަވާފައިވާކަމަށެވެ.
ގޮހޮރު ދުޅަވުން ނުވަތަ އަލްސެރޭޓިވް ކޮލައިޓިސް ޖެހިވަޑައިގެން ބޮޑުވަޒީރު އަބޭ ފަރުވާ ހޯއްދަވަމުންދާތާ ގިނަ އަހަރުތަކެއްވަނީ ވެފައެވެ. މި ބަލީގެ ތަކުލީފުތަކުގައި، މީގެ ކުރިންވެސް އަބޭ ވަނީ ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި އަބޭ ވަނީ އޮގަސްޓްމަހު 3 ދުވަހުގެ ޗުއްޓީއެއް ނަންގަވާފައެވެ. އޮގަސްޓްމަހުގެ 17 ވަނަ ދުވަހު އަބޭ ހޮސްޕިޓަލަށް ވަޑައިގެން 7 ގަޑިއިރު ހޭދަކުރައްވާފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
މަގާމުން ރަސްމީ ހައިސިއްޔަތުގައި އިސްތިއުފާ ދެއްވި ނަމަވެސް، އާ ބޮޑުވަޒީރަކު ކަނޑައެޅެންދެން އެ މައްސޫލިއްޔަތު އަދާކުރައްވާނީ އަބޭ ކަމަށް ޚަބަރު ލިބެއެވެ. ބޮޑުވަޒީރު ކަމުގެ މަގާމުން އަބޭ އިސްތިއުފާ ދެއްވުމާއެކު އާ ލީޑަރަކު އިންތިހާބު ކުރުމުގެ މަސައްކަތް، ވެރިކަން ކުރާ ލިބަރަލް ޑިމޮކްރަޓިކް ޕާޓީ (އެލްޑީޕީ)އިން ކުރަންޖެހެއެވެ. އާ ބޮޑުވަޒީރަކު ކަނޑައަޅާނީ ގާނޫނު ހަދާ މަޖިލީހުންނެވެ. އަބޭއަށްފަހު ދެން ބޮޑުވަޒީރު ކަމަށް ވަޑައިގެންފާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ އަބޭގެ ޑެޕިއުޓީ އަދި ފިނޭންސް މިނިސްޓަރ ކަމުގައި ހުންނެވި ޓާރޯ އަސޯ އެވެ.
ކިޔުންތެރިންގެ ހިޔާލު