މާލީ ހިސާބުތައް އާންމުކުރުން ނުހުއްޓޭ ގޮތަށް ކަންކަން އިސްލާހުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ކޮންމެ ހަފްތާއަކު ފިނޭންސް މިނިސްޓްރީން އާންމުކުރާ މާލީ ހިސާބުތައް އާންމުކުރުން މިދިޔަ ޖޫން މަހުން ފެށިގެން ދުވަސް ތަކަކަށް މެދުކެނޑުނެވެ.
އެހެންވެ އެ މައްސަލައިގައި ފިނޭންސް މިނިސްޓަރު މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.
އެ މައްސަލައިގައި މިނިސްޓަރު ވިދާޅުވީ ރިޕޯޓުތައް ޕަބްލިޝްކުުރުން ހުއްޓާލީ ހަރަދު ރިކޯޑުކުރުމުގައި މައްސަލަތަކެއް ފާހަގަވެގެން ކަމަށެވެ.
އެގޮތުން އެ މައްސަލަތަކާ ހުރެ ފާއިތުވި އަހަރުތަކުގައި ހިނގާފައިވާ ހަރަދުތައް މި އަހަރުގެ ބަޖެޓުގައި ރިކޯޑްވެސް ކުރެވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އެހެންވެ އެ މައްސަލައިގައި އޮޑިޓާ ޖެނެރަލްގެ ލަފާ ހޯދައި ކުރިން ދިމާވި މައްސަލަ ދިމާނުވާނެ ގޮތަަށް އުސޫލުތައް ބަދަލުކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިހާރު މިނިސްޓްރީން ޕަބްލިޝްކުރާ އެއްވެސް ރިޕޯޓެއް ގަވައިދުން ޕަބްލިޝް ނުކުރެވިއެއް ނުހުންނާނެ. އޮކްޓޫބަރު މަސްތެރޭގައި އަލުން ފަށައިފިން (ރިޕޯޓުތައް ޕަބްލިޝްކުރަން)." މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު