އިލެކްޝަންސް ކޮމިޝަން ހިންގާނެ އިމާރާތެއް ހޯދަން ކުރި އިއުލާން ބާތިލުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަން މިހާރު ހިންގަމުންދާ ޕޯޓް ކޮމްޕްލެކްސްގެ އިމާރާތް ޑިސެމްބަރު މަހަށް ހުސްކުރަން އޮތީ ނޯޓިސްދީފަ އެވެ.
އެހެންވެ އިލެކްޝަންސް ކޮމިޝަން ހިންގާނެ އިމާރާތެއް ހޯދަން މިދިޔަ އޮކްޓޫބަރު މަހުގެ މެދުތެރޭގައި ހުޅުވާލި އެވެ. އަދި އޭގެ ބީލަން ވެސް އޮކްޓޫބަުރު މަހުގެ 28 ގައި ހުޅުވި އެވެ.
އެހެން ނަމަވެސް އީސީން މިއަދު ކުރި އިއުލާންގައި ބުނީ ހުށަހަޅާފައިވާ ބީލަންތައް އެ ކޮމިޝަނުން އަންދާޒާކުރި ބަޖެޓަށްވުރެ ބޮޑު ކަމަށެވެ.
އެހެންވެ އިމާރާތެއް ހޯދަން ކުރިން ކުރި އިއުލާން ބާތިލުކޮށްފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
އެ އިއުލާން ބާތިލުކުރި ނަމަވެސް އިމާރާތެއް ހޯދަން އަލުން އަަދި އިއުލާނެއް ނުކުރެ އެވެ.
އިލެކްޝަން ކޮމިޝަނަށް ބޭނުން ވަނީ 13،000 އަކަފޫޓުގެ އޮފީސް އިމާރާތެއް 10 އަހަރަށް ކުއްޔަށް ހިފާށެވެ.

ކިޔުންތެރިންގެ ހިޔާލު