ތައިލޭންޑުގެ ސަފީރަކަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީޤު އައްޔަން ކުރަން މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން މިއަދު ރުހުން ދީފިއެވެ.
ތައިލޭންޑަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ފުއާދު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އޭނާގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިދިޔަ ނޮވެންބަރު މަހުގެ 25 ވަނަ ދުވަހު އެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ވިދާޅުވެފައިވަނީ ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމަށް ފުއާދު އައްޔަންކުރުމަށް އޭނާގެ ކިބައިގައި ގާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމާވަކަން ކަށަވަރުކުރުމަށް އެކި އިދާރާތަކުން ހޯދަންްޖެހޭ މައުލޫމާތުތައް ހޯދުމުން އޭނާަގެ ކިބައިގައި އެ ޝަރުތުތައް ފުރިހަމަވާކަން ކަށަވަރުވެފައިވާ ކަމަށެވެ.
އެހެންކަމުން މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފުއާދަށް ރުހުން ދީފައިވަނީ ކޮމިޓީގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
ފުއާދު ވަނީ ދެފަހަރެއްގެ މަތިން އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަޤާމު އަދާކުރަށްވާފައެވެ. އެގޮތުން 2008 ވަނަ އަހަރު އެކުލަވާލި އިންތިޤާލީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަން 2009 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޭނާ އަދާކުރެއްވިއެވެ.
އަދި 2009 ވަނަ އަހަރު ދާއިމީ އީސީގެ ރައީސްގެ މަޤާމަށް ޢައްޔަނުވުމަށްފަހު 2014 ވަނަ އަހަރުގެ މާރޗް މަހު ސުޕްރީމް ކޯޓުން ފުއާދުގެ މައްޗަށް ސޫމޯޓޯ މައްސަލައެއް ބަލައި މަޤާމުން ދުރުކުރުމާ ހަމައަށް އެ މަޤާމުގައި ދެމިހުންނެވިއެވެ.
އެފަހަރު ސުޕްރީމް ކޯޓުން ވަނީ ފުއާދަށް 6 މަސްދުވަހުގެ ސަސްޕެންޑެޑް ޖަލު ހުކުމެއް އިއްވުމުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމު ވެސް ގެއްލިފައިވާ ކަމަށް ހުކުމް ކޮށްފައެވެ.
އޭގެފަހުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އަލުން ފުއާދު އައްޔަން ކުރީ 24 ނޮވެމްބަރު 2019ގައެވެ. އަދި ސެޕްޓެމްބަރ 2021 ގައި އަލުން އޭނާ ވަނީ އީސީގެ ރައީސްގެ މަޤާމަށް އައްޔަނު ކޮށްފައެވެ. އީސީގައި ފުވާދުގެ ދައުރު ހަމަވީ މިދިޔަ ނޮވެމްބަރ މަހުގެ 23 ވަނަ ދުވަހުގައެވެ.
ރާއްޖޭގެ މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ބަލާއިރު ފުއާދަކީ ޢާއްމުންގެ މެދުގައި ވަރަށް ބޮޑު މަޤުބޫލުކަމެއް ހޯއްދެވި ޝަޚުސިއްޔަތެކެވެ.

ކިޔުންތެރިންގެ ހިޔާލު