ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް (މ).
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް (މ).
އެޗްޕީއޭގެ އެންގުމާއި ޚިލާފަށް މުޒާހަރާގައި ބައިވެރުވެ ވަޑައިގެންނެވުމުން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ހަސަންއަށް އަމާޒު ކުރައްވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފާޑުވިދާޅުވެއްޖެ އެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ރާއްޖޭގެ އޮފީހާ އިންވެގެން ހުންނަ އިމާރާތެއްގައި ރޯވެ އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދުގައި ހުންނަވައިގެން މީޑީއާތަކާ ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ދަޢުލަތުގެ އިސް ފަރާތްތަކެއް އިސްވެ ތިބެ މާލޭގައި އެޗްޕީއޭގެ އެންގުމާ ހިލާފަށް މުޒާހަރާ ކުރުމުން ހިތާމަ ކުރައްވާ ކަމަށެވެ.

"މިފަދަ ދަނޑިވަޅެއްގައި މަގުތަކަށް ނުކުމެ މުޒާހަރާ ކުރުމަކީ ގައުމަށް ހެޔޮ އެދޭނެ ބަޔަކު ކުރާނެ ކަމެއް ނޫން. ވަރަށް ހިތާމަ ކުރަން، މާލޭގައި މިއަދުވެސް ނުކުމެ އެއްވުން ބާއްވައިފި. ވަރަށް އިސް ބޭފުޅުން ނުކުމެ އެފަދަ ކަމެއް ހިންގީތީ އަޅުގަނޑު ހިތާމަ ކުރަން." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް މި ސަރުކާރުން ހުރަސް ނާޅާނެ ކަމަށާއި ނަމަވެސް އެކަން ކުރަންވާނީ ގަވައިދާ އެއްގޮތަށް ކަމަށެވެ.

އެޗްޕީއޭގެ އިރުޝާދުތަަކަށް ގޮން ޖައްސަވައި ކުރީގެ ރައީސް ވަހީދު ގައިގޯޅި މުޒާހަރާ އެއްގައި ބައިވެރިވެ، މާސްކު އެޅުއްވުމެއް ނެތި އުޅުންވުމުން ގިނަ ބަޔަކު ވަނީ ވަހީދަށް ފާޑު ކިޔާފައެވެ.

ފުލުހުން ބުނީ މިއަދު ބޭއްވި ސިޔާސީ ހަރަކާތުގައި އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ގައިދުރުކަން ނުބަހައްޓާ ހަރަކާތްތެރިވުމާއި މާސްކު ނާޅާ އުޅެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ސައިކަލް ބުރުގައި އެޗްޕީއޭގެ މިންގަނޑުތަކާއި ހިލާފުވި މައްސަލަ ބަލާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން