މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގައި ގާއިމުކޮށްފައިވާ ކެޓް ޝެލްޓާ އެގްރިކަލްޗާ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމައިފި އެވެ.
މާލެ ސަރަހައްދުގެ މަގުތަކާއި އާންމު ތަންތަނުގައި އުޅޭ ބުޅާތައް ގިނަވެ ބުޅަލުން ޖެހޭ ބަލިތަކުން ސަލާމަތްކޮށް އެ ބުޅާތައް ބަލަހައްޓަން "އޮޅު ހިޔާ"ގެ ނަމުގައި ހެދި ކެޓް ޝެލްޓާ ހުޅުވީ މިދިޔަ މަހުގެ ދެވަނަ ދުވަހު އެވެ.
އޮޅުހިޔަލަށް މިވަގުތު ބުޅާތައް ގެންދަން ފަށަން އިއްޔެ މަސައްކަތް ކުރި ނަމަވެސް އެ ތަނަށް އަދި ބުޅާތައް ގެންދިއުމަކީ ފެންނަ ކަމެއް ނޫން ކަމަށް ބުނުމާއެކު މާލެ ސިޓީ ކައުންސިލުން ވަނީ އެކަން މަޑުޖައްސާލައިފަ އެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އޮޅުހިޔާ އެގްރިކަލްޗާ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމިކަން ސަރުކާރުން މިހާރު އަންގާފައިވާ ކަމަށެވެ.
އެހެން ނަމަވެސް އެ ފެސިލިޓީއަކީ ސިޓީ ކައުންސިލުން ބޮޑު ހަރަދެއް ކޮށްގެން ހެދި ތަނެއް ކަމަށާއި އެހެންވެ އެތަނަށް ކުރި ހަރަދު ލިބެން ޖެހޭނެ ކަމަށެވެ.
މޭޔަރު ވިދާޅުވީ އެތަން ހަވާލުކުރުމާމެދު މިއަދު ސިޓީ ކައުންސިލުން ޖަލްސާއެއް ބާއްވައި ގޮތެއް ނިންމާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު