ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު---
ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު---
އޮލިމްޕިކް ސައިޒްގެ ޕޫލް އަންނަ އަހަރު ނިންމާލެޥޭނެކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވޭނެ ފެންވަރުގެ ސްވިމިން ޕޫލެއް އެޅުމުގެ މަސައްކަތް މިދިޔަ ދެ ސަރުކާރުންވެސް ފެށި އެވެ. ނަމަވެސް އެކަމުގެ އަމަލީ މަސައްކަތާ ހަމައަށް ނުދެވި ކޮންމެ ފަހަރަކުވެސް މަސައްކަތް އޮތީ މަޑު ޖެހިފަ އެވެ.

ނަމަވެސް މި ސަރުކާރުން ވަނީ އެއް އަހަރުގެ ތެރޭގައި ހުރިހާ ލިޔެކިޔުންތަކެއްގެ މަސައްކަތް ނިންމާ، ޕޫލް އެޅުމުގެ އަމަލީ މަސައްކަތްވެސް ފަށާފަ އެވެ.

ސްޕޯޓްސް މިނިސްޓްރީން ބުނީ ޕޫލް އެޅުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު، އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި އެކަން ކުރިއަށް ދަނީ ސްވިމިން އެސޯސިއޭޝަންގެ ބެލުމުގެ ދަށުންކަމަށް ވެސް ބުނެފައި ވެއެވެ.

އެ މަސައްކަތް އަންނަ އަހަރު ނިންމާލެވޭނެ ކަމުގެ ޔަގީންކަން ސްޕޯޓްސް މިނިސްޓަރު ވެސް ވަނީ ދެއްވައިފަ އެވެ.

އެގޮތުން އޮލިމްޕިކް ސައިޒު ސްވިމިން ޕޫލް އެޅުމުގެ މަސައްކަތަކީ ކުރިއަށް ނުގޮސް ހުއްޓިފައި އޮތް މަސައްކަތެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން މިކަން އަވަހަށް ފެށޭނެ ގޮތް ހެދުމަކީ ކުޅިވަރަށް ސަރުކާރުން ދެއްވާ އަހަމިއްޔަތު ފެންނަ ކަމެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން