އަހުޒަމް އަޙްމަދު   5 ޑިސެމްބަރު 2024 - 12:25
ގަލޮޅު ސަހަރާ--
ގަލޮޅު ސަހަރާ--
ގަލޮޅު ސަހަރާގައި ވަޅުލާފައި ހުރި ބައެއް ގަބުރުތައް ނަގަން ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ގަލޮޅު ސަހަރާގައި ކުރަމުން ގެންދާ މަސައްކަތްތަކަކާއި ގުޅިގެން ދެ ސަރަހައްދަކުން ގަބުުރުތައް ނަގަން ނިންމާފައިވާ ކަމަށެވެ.

އެއީ އެ ސަހަރާގެ ހުޅަނގު އުތުރު ފަރާތު ސަރަޙައްދާއި އިރު ދެކުނު ފަރާތު ސަރަޙައްދުގައި ހުރި ގަބުރު ކަށިތަކެވެ.

އެހެންވެ އެ ސަރަޙައްދުތަކުގައި ހުރި މަހާނަ ގާތައް ޖަހާފައިވާ ފަރާތްތަކުން އެ ގާތައް ނަގައިގެން ގެންދަން ބޭނުންވާނަމަ އެފަދަ ފަރާތްތަކުން މާލޭ ސިޓީ ކައުންސިލާ ގުޅިގެން މި މަހުގެ 15ގެ ކުރިން އެ މަހާނަ ގާތައް ނަގައިގެން ގެންދިއުމަށް ވަނީ އަންގައިފަ އެވެ.

"އެ މުއްދަތުގައި ނުގެންދާ މަހާނަ ގާތައް މި އިދާރާގެ ފަރާތުން ނެގުމަށްފަހު އެ ގާތައް ނައްތާލެވޭނެ ވާހަކަ އަންގާ އިއުލާނު ކުރީމެވެ." މާލޭ ސިޓީ ކައުންސިލްއިން ކުރި އިއުލާންގައި ބުނެފައި ވެއެވެ.

ގަލޮޅު ސަހަރާގެ ގަބުރުތައް ނަގަން ނިންމިއިރު މާފަންނު ސަހަރާގައި ހުރި ގަބުރުތައް ނަގައި އެ ތަން ސާފުކޮށްދޭނެ ބަޔަކު ހޯދަން މިދިޔަ އޮގަސްޓުމަހު ވެސް މާލޭ ސިޓީ ކައުންސިލުން އިއުލާންކުރި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން