އިމިގްރޭޝަންގެ އޮޕަރޭޝަންގެ ތެރެއިން
އިމިގްރޭޝަންގެ އޮޕަރޭޝަންގެ ތެރެއިން
ޤަވާއިދާ ޚިލާފަށް ކެފޭތަކުގައި އުޅުނު 7 ބިދޭސީން އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އެ އިދާރާގެ ޓާސްކްފޯހުން އިއްޔެ ހަވީރު މާލޭގައި ކުރިއަށްގެންދިޔަ ރެއިޑު އޮޕަރޭޝަނެއްގައި ކެފޭއާއި ރެސްޓޯރަންޓު ހިންގާ 10 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި އެ އޮޕަރޭޝަންގައި، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 7 ބިދޭސީއަކު އެއިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.



ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް އަތުލައިގެންފައިވާއިރު ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވިދާޅުވެފައިވަނީ ފާއިތުވި އެއް އަހަރުގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅުނު 5000 ބިދޭސީން ފުރުވާލާފައިވާ ކަމަށެވެ.

ރާއްޖޭގައި ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވެ، ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް އިމިގްރޭޝަނުން މިހާރު ދަނީ ބިދޭސީންގެ ބަޔޯ މެޓްރިކް ޑޭޓާވެސް ނަގަމުންނެވެ. އެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ނިންމާލެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އަދި ގަވާއިދާއި ހިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވުމަށްވެސް އިމިގްރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ގަވައިދާ ހިލާފަށް ވިޔަފާރިކުރާ ގިނަ އަދަދެއްގެ ބިދޭސީން މިހާތަނަށް އަތުލައިގެންފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން