ގަލޮޅު ސަހަރާގައި ހުންނަ މޯޗަރީ ހުޅުމާލެއަށް ބަދަލުކުރަން ނިންމައިފި އެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެ މޯޗަރީ ހުޅުމާލެއަށް ބަދަލުކުރަން ނިންމީ މިހާރު މޯޗަރީ ހުންނަ ގަލޮޅު ސަރަހައްދަކީ ކާރޫބާރު ބޮޑު ސަރަހައްދަކަށްވާތީ ކަމަށެވެ.
އަދި އެ މޯޗަރީ ނެގުމަށް ފަހު އެ ތަން ބަދަލުކުރާނީ ހުޅުމާލޭގައި ހުންނަ ސަހަރާއަށް ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
އަދި އަމާޒަކީ ހަ މަސް ތެރޭގައި އެ މަސައްކަތް ނިންމުން ކަމަށް މޭޔަރު ވިދާޅުވި އެވެ.
ގަލޮޅުގައި ހުންނަ މޯޗަރީ ނެގުމަށް ފަހު އެ ތަން ބޭނުންކުރާނީ ޕާކިންއަށް ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ ގަލޮޅު ސަހަރާގައި ހުންނަ ދެ ސަރަހައްދެއްގައި ހުރި މިނި ކަށިތައް ނަގައިދޭނެ ބަޔަކު ހޯދަން އިއުލާންވެސްކޮށްފަ އެވެ.
އެެ ދެ ސަރަހައްދު ހުސްކުރުމަށް ފަހު އެތަނުން ބައެއް ޕާކިންއަށް ހާއްސަ ކުރާއިރު ދެ ކުޑަ ޕާކުވެސް ހަދާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު