އާސަންދަ ސްކީމުން އެއްވެސް ބޭހެއް އުނިނުކުރާ ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.
އާސަންދައިން އެކަން ހާމަކުރީ ރޭ އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.
އާސަންދައިން ބުނީ ކުރިއެެކޭ އެއްގޮތަށް މިހާރުވެސް ސްކީމްގެ ތެރެއިން ލިބޭ ބޭސްތައް ލިބޭނެ ކަމަށެވެ.
އަދި ސްކީމުން ކަވަރު ކުރާ ބޭސްތަކާއި ސްކީމުން ކަވަރު ކުރާ މިންވަރު އާސަންދަ ވެބްސައިޓްގެ ޑައުންލޯޑްސް ސެކްޝަންގައި ހިމެނޭ "މާސްޓާރ މެޑިސިން އެންޑް ކޮންސިއުމަބްލްސް ލިސްޓް" ފެންނަން ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައި ވެއެވެ.
އާސަންދަ ނިޒާމަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް މިހާރު ގެންނަން މަސައްކަތް ކުރަމުންދާއިރު، މި އިސްލާހު ތަކުގެ ތެރޭގައި ހިމެނިގެން އާސަންދައިން ދޫކުރާ ބޭހުގެ ތެރެއިން އެންމެ ގިނައިން އާންމުން ބޭނުންވާ 250 ބޭހުގެ އަގު ވަނީ ކޮންޓްރޯލްކޮށްފަ އެވެ.
އާސަންދަ ލިބޭ ބޭހަކަށް އަގު ނަގާނަމަ އެކަން ރިޕޯޓްކުުރުމަށް ވެސް ރޭ ވަނީ އެ ކުންފުނިން އިލްތިމާސްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު