ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުމާއެކު އެމެރިކާއިން ސީރިޔާއަށް ހަމަލާދޭން ފަށައިފިއެވެ.
އެމެރިކާއިން ބުނީ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ފުނޑުފުނޑުކޮށްލުމާ ގުޅިގެން ސީރިއާގައި އައިއެސް (އައިއެސްއައިއެސް) އަށް އަމާޒުކޮށް ދިހަވަރަކަށް ވައިގެ ހަމަލާ ދީފައިވާ ކަމަށެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އާދީއްތަ ދުވަހު ބުނީ އަލްއަސަދުގެ ވެރިކަން ނިމުމުން އައިއެސް (އައިއެސްއައިއެސް)ގެ ލީޑަރުންނާއި މުޖާހިދުންނާއި ކޭމްޕްތައް ހިމެނޭ ގޮތަށް 75 އަށް ވުރެ ގިނަ އަމާޒަކަށް ހަމަލާދީފައިވާ ކަމަށެވެ.
ސެންޓްކޮމް އިން ބުނީ ބޮއިންގް ބީ-52 ސްޓްރެޓޯފޯޓްރެސް އާއި މެކްޑޮނަލް ޑަގްލަސް އެފް-15 އީގަލް ފަދަ ހަނގުރާމަ މަތިންދާބޯޓުތައް ބޭނުންކޮށްގެން ދިން މި ހަމަލާތަކަށް ފަހު ގެއްލުން ވަޒަން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މި ހަމަލާގައި އާންމުންގެ މީހަކު މަރުވި ކަމުގެ އެއްވެސް އިޝާރާތެއް ނެތް ކަމަށް އެމެރިކާއިން ބުނެއެވެ.
މި ހަމާލާގެ އިތުރު ތަފްސީލެއް އެމެރިކާއިން ހާމަކޮށްފައި ނުވާއިރު ސީރިޔާގެ ނޫސްތަކުންވެސް އަދި މީގެ ތަފްސީލެއް އާންމު ނުކުރެއެވެ.
53 އަހަރު ވަންދެން ރައީސް ބައްޝާރުލް އަސަދުގެ އާއިލާއިން ސީރިޔާގައި ވެރިކަން ކުރުމަށް ފަހު ހޮނިހިރު ދުވަހު އޭނާ ވަނީ އެގައުމު ދޫކުރަށްވައި ފިއްލަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު