ރާއްޖޭގައި ބޭރު ފައިސާ ގެންގުޅުމާއި ޖަމާކުރުމާއި މާރުކުރުމާބެހޭ އުސޫލުތައް ބަޔާންކުރާ ބޭރު ފައިސާއާބެހޭ ބިލް ރައްޔިތުންގެ މަޖިލީހަށް ތައާރަފު ކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިބިލު ހުށައެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހެވެ.
ފަލާޙް ހުށައެޅުއްވި ބިލުގެ މަޤްސަދު ކަމުގައި ބުނެފައިވަނީ އެބިލަކީ ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭ މުއާމަލާތްތަކާބެހޭ އުސޫލުތަކާއި ސިޔާސަތުތައް ކަނޑައެޅުމާއި ބޭރު ފައިސާ ރާއްޖެއަށް އެތެރެކުރުމާއި ރާއްޖެއިން ބޭރުކުރުމާބެހޭ އުސޫލުތަކާއި ސިޔާސަތުތައް ކަނޑައެޅުން ކަމަށެވެ.
މި ބިލުގައި ފަތުރުވެރިކަމުގެ ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އެ މަހަށްފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކެއްގައި ހުޅުވާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ފައިސާ ޖަމާކުރަން ވާނެކަމަށް ބުނެފައިވެއެވެ.
އޭގެ އިތުރުން އެހެނިހެން ވިޔަފާރިތަކުންވެސް މީލާދީ އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން އެމެރިކާ ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭނަމަ ބޭންކަށް ފައިސާ ޖަމާކުރަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.
ހަމައެއާއެކު ކެޓެގަރީ އޭ ގައި ހިމެނޭ ފަތުރުވެރިކަމުގެ އެސްޓެބްލިޝްމަންޓަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން، އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށްޖެހޭ އަދަދު ނުވަތަ މީލާދީ މަހެއްގެ ތެރޭގައި އެ އެސްޓެބްލިޝްމަންޓަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ ރާއްޖޭގައި ހިންގާ ބޭންކަކަށް ރުފިޔާއަށް މާރުކުރަންޖެހޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.
އަދި ކެޓެގަރީ ބީ ގައި ހިމެނޭ ފަތުރުވެރިކަމުގެ އެސްޓެބްލިޝްމަންޓަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 އެމެރިކާ ޑޮލަރުގެ ރޭޓުން، އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ނުވަތަ މީލާދީ މަހެއްގެ ތެރޭގައި އެ އެސްޓެބްލިޝްމަންޓަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ ރާއްޖޭގައި ހިންގާ ބޭންކަކަށް ރުފިޔާއަށް މާރުކުރަންޖެހޭނެ ކަމަށްވެސް ބިލްގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު