ހުސްވެފައިވާ މިފްކޯގެ ސީއީއޯގެ މަގާމަށް ބޭރުގެ ބޭފުޅަކު އައްޔަނުކޮށްފި އެވެ.
އެ މަގާމަށް އައްޔަނުކޮށްފައިވަނީ ޑރ. ވިތާލީ ލުބިމޮފް އެވެ.
މިފްކޯއިން މިއަދު ބުނީ އެ މަގާމުގެ މަސްއޫލިއްޔަތާ ވިތާލީ މާދަމާއިން ފެށިގެން ހަވާލުވެވަޑައިގަންނަވާނެ ކަމަށެވެ.
ވިތާލީ އެންމެ ފަހުން އަދާކުރެއްވީ އިންވެސްޓް ކޮރަސް ކެޕިޓަލްގެ ޗީފް ރިސްކު އޮފިސަރުގެ މަގާމެވެ.
މިފްކޯގެ ސީއީއޯގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ސަމާހު ރަޝީދު އެ މަގާމުން ވަކި ކުރުމުން ނެވެ. ސަމާހު އެ މަގާމުން ވަކި ކުރުމަށް ފަހު ފަހުން ވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކޮށްފަ އެވެ.
އޭގެ ފަހުން ދެ ލައްކައެއްހާ ރުފިޔާގެ މުސާރައަކަށް މިދިޔަ ޖޫން މަހު އެ މަގާމަށް ކުރިމަތިލާން ހުޅުވާލި އެވެ. އެކަމަކު ޝަރުތު ހަމަނުވާ ކަމަށް ބުނެ އަނެއްކާވެސް ސެޕްޓެމްބަރު މަހު އެ މަގާމަށް ހުޅުވާލި އެވެ.

ކިޔުންތެރިންގެ ހިޔާލު