ރައީސް ޑރ. މުހައްމަދު މުއިއްޒުއާާ ދެކޮޅަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ދެއްކެވި ވާހަކަތައް ކުށްވެރިކޮށް އޭނާ ހައްޔަރުކުރަން ވެރިކަން ކުރާ ޕީއެންސީގެ މެމްބަރުން ގޮވާލައްވައިފި އެވެ.
ރައްޔިތުންނަށް ދެރަ ދިނުމުން ރައީސް މުހައްމަދު އަމީނަށް ހެދިގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ހަދަން ޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި މައްސަލަ ޕީއެންސީން މިއަދު ވަނީ މަޖިލީހުގެ ތަޅުމަށް ވައްދައިފަ އެވެ.
ކުއްލި މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ވައްދައި މިއަދު ވަނީ އެކަމާ ގުޅޭ ގޮތުން ބަހުސްވެސް ކޮށްފަ އެެވެ.
އެ ބަހުސްގައި ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވީ އެމްޑީޕީން އިދިކޮޅުގައި އޮންނަ ކޮންމެ ފަހަރަކު ވެސް އެ ބާވަތުގެ އަމަލުތައްކޮށް ފާޅުގައި އެފަދަ ވާހަކަތައް ދައްކާފައިވާ ކަމަށެވެ.
ހަމަ އެހެންމެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން ރާއްޖޭގެ ފަނޑިޔާރު ގެތަކުގައި ރޯކޮށް ހުޅުޖެހިކަން ފާހަގަކުރައްވައި އިބްރާހިމް ދީދީ ވިދާޅުވީ އެގޮތަށް މަންޒަރު ބަލަން ނުތިބެވޭނެ ކަމަށެވެ. އަދި ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލަން އޭނާ ގޮވާލެއްވި އެވެ.
މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވީ ފައްޔާާޒް އެފަދައިން ވާހަކަ ދައްކަވަން ދޫކޮށްލައިފިނަމަ މާދަމާ އޭގެން ނުކުމެދާނެ ނަތީޖާ ވަރަށް ހިތިވެދާނެ ކަމަށެވެ. އެހެންވެ އެފަދައިން ގޮވާލާ ފަރާތްތައް މިއަދުން ފެށިގެން ވަގުތުން ވަގުތަށް ހައްޔަރުކުރަން އޭނާ ގޮވާލެއްވި އެވެ.
މިއަދުގެ ބަހުސްގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވީ އެމްޑިޕީއަކީ އަނިޔާވެރި މާޒީއެއް އޮތް ހަރުކަށި ފިކުރުގެ ޕާޓިއެއް ކަމަށެވެ. އަދި ފައްޔާޒް ކުރިން ޓެރަރިޒަމްގެ އަމަލުތައް ހިންގާާފައިވާކަން ފާހަގަކޮށް ފައްޔާޒް ދެއްކެވި ވާހަކަތަކާއެކު އެމްޑީޕީގެ އިސްވެރިން މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީތަކަށް ހާޒިރުކުރަން އަޒާން ގޮވާލެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު