ރައްޔިތުންނަށް ދެރަ ދިނުމުން ރައީސް މުހައްމަދު އަމީނަށް ހެދިގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ހަދަން ޖެހޭ ކަމަށް ބުނެ އެމްޑީޕީގެ ޕޯޑިއަމްތަކުގައި ވާހަކަ ދައްކަމުންދާ މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއަށް ނަސޭހަތް ދީފި އެވެ.
ރައީސް މުހައްމަދު އަމީނަށް ހެދި ގޮތް ހަދަން ޖެހޭ ކަމަށް އެންމެ ފުރަތަމަ މީހަކު އެ ވާހަކަ ދެއްކީ މި ފަހުން ކުޅުދުއްފުށި ސިޓީގައި އެމްޑީޕީން ބޭއްވި ޖަލްސާއެއްގަ އެވެ. އޭގެ ފަހުން އިއްޔެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް ހަމަ އެފަދައިން ވަނީ ވާހަކަ ދައްކަވައިފައެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ "ރަސް"އަށް މިއަދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ އާންމުންވެސް އެ ކޮމިޝަނަށް ޝަކުވާ ހުށަހެޅި ކަމަށެވެ. އަދި ފުލުހުން ވެސް އެކަން ސަމާލުކަމަށް ގެނައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ އެކަން ތަކުރާރުނުކުރުމަށް މިހާރު ނަސޭހަތްދީ އެމްޑީޕީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.
ދާދި ފަހުން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހާއެކު ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ ވަކިވަކި މެންބަރުންގެ އިތުރުން އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީ ވެސް 100،000ރ. އިން ޖޫރިމަނާ ކުރެވެ އެވެ.
އެހެން ނަމަވެސް ޒަކަރިއްޔާ ވިދާޅުވީ އެފަދަ ފިޔަވަޅެއް އެމްޑީޕީއާ މެދު އަޅާނީ އެފަދަ ކަންކަން ތަކުރާރުވާނަމަ، ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު