އަލިފާން ރޯވި މ. ގްރީން ބިލްޑިންގ
އަލިފާން ރޯވި މ. ގްރީން ބިލްޑިންގ
މ. ގްރީން ބިލްޑިންގ ގައި ހިނގާފައިވާ އަލިފާނުގެ ޙާދިސާއާ ގުޅިގެން އެންޑީއެމުން އިމަންޖެންސީ އިވެކިއުއޭޝަން ސެންޓަަރެއް ޤާއިމްކޮށްފިއެވެ.

ނެޝަނަލް ޑިޒާސް މެނޭޖްމަންޓް އޮތޯރިޓީ (އެމްޑީއެމްއޭ) އިން މިއަދު ބުނީ ގްރީން ބިލްޑިންގް ހުރި ސަރަޙައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭތީ އެކަން އެ އޮތޯރިޓީން ދަނީ ބަލަމުން ކަމަށެވެ.

އަދި އެހާދިސާގައި އެއްވެސް ކަހަލަ އެހީތެރިކަމެއް ބޭނުންފުޅުވާ ފަރާތެއް ހުރިނަމަ ލަސްނުކުރައްވާ 115 ނަމްބަރަށް ގުޅުއްވުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

“އިމަންޖަންސީ އިވެކިއުއޭޝަން ސެންޓަަރެއް މިވަގުތު ވަނީ ސޯޝަލް ސެންޓަރގައި ގާއިމްކޮށްފަ. އެހީތެރިކަން ބޭނުންވާ ފަރާތްތަކުން 115 އަށް ގުޅައި ނުވަތަ އިވެކިއުއޭޝަން ސެންޓަރަށް ވަޑައިގަތުމަށް ދަންނަވަމެވެ.” އެންޑީއެމުން ބުނެފައިވެއެވެ.

މިއަދު ހެނދުނު ރޯވި މި އަލިފާނާ ގުޅިގެން މ. ގްރީން ބިލްޑިންގ ގައި ޓިނުން ހަދާފައިވާ ޢިމާރާތް މިހާރުވަނީ ގާތްގަނޑަކަށް އަނދާ ހުލިވެފައެވެ.



ޤައުމީ ދިފާއީ ބާރުން ބުނީ މ. ގްރީން ބިލްޑިންގ ގައި ރޯވެފައިވާ އަލިފާން ވަރަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި އަލިފާން ރޯވެފައިވާ އިމާރާތާ ކައިރި ހިސާބުތަކުގައި މީހުން ދިރިއުޅޭ ގެތަކުން މިހާރު ވަނީ މީހުން ހުސްކުރެވިފައި ކަމަށެވެ.

އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުންގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ފަޔަރފައިޓަރުން ވެސް މިހާރު ދަނީ އަލިފާން ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރި ވަމުންނެވެ.

އަލިފާން ރޯވެފައިވާ މ. ގްރީން ބިލްޑިންގ އަކީ ސަރުކާރުގެ ގިނަ ވުޒާރާތަކެއް ހިންގާ ޢިމާރާތެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން