އަލިފާން ނިވާލުމުގެ މަސައްކަތުގައި ސިފައިން
އަލިފާން ނިވާލުމުގެ މަސައްކަތުގައި ސިފައިން
ސަރުކާރުގެ ގިނަ ވުޒާރާތަކެއް ހިންގާ މ. ގްރީން ބިލްޑިންގ ބްލޮކްގައި މިއަދު ހެނދުނު ރޯވި އަލިފާންގަނޑު އަދިވެސް އެއްކޮށް ކޮންޓްރޯލް ނުވާ ކަމަށާއި އެންވަޔަރުމެންޓް މިނިސްޓްރީ ހިންގާ އިމާރާތުގައިވެސް ރޯވެފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

އެމްއެންޑީއެފުން މީޑިއާއަށް މަޢުލޫމާތު ދެމުން އެންމެ ފަހުން ބުނެފައިވަނީ އަލިފާނުގެ ޙާދިސާގައި ހައުސިންގ މިނިސްޓްރީގައި ޓިނުން ހުރި އިމާރާތުގެ ބޮޑުބައެއްވަނީ އަނދާފައި ކަމަށެވެ. މި އިމާރާތުގެ އަލިފާންގަނޑު ކޮންޓްރޯލްކޮށް 90 އިންސައްތަ ވަނީ ނިއްވާލާފައި ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

އޭގެ އިތުރުން މި އިމާރާތުގެ ކައިރިގައިވާ މަހުމާ ވިލާއަށް ކޮންމެވެސް ވަރަކަށް އަލިފާނުގެ އަސަރު ކޮށްފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ އެންވަޔަރުމެންޓް މިނިސްޓްރީ ހިންގާ އިމާރާތުގެ ދެވަނަ އަދި ތިން ވަނަ ފަންގިފިލާގައި ހިފާފައިވާ އަލިފާންގަނޑު އަދިވެސް ކޮންޓްރޯލްވެފައި ނުވާކަމަށެވެ.

ސަރުކާރުގެ ގިނަ ވުޒާރާތަކެއް ހިންގާ މ. ގްރީން ބިލްޑިންގ ބްލޮކްގައި މިއަދު ހެނދުނު ރޯވި އަލިފާނުގެ ސަބަބުން ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ އާއި ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އާއި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި މާލޭ ސިޓީ ކައުންސިލްގެ ޑިޕާޓްމަންޓަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން