މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ސިޓީ ކައުންސިލްގެ އޮފީހުން ލިޔުންތައް ނެރެނީ
މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ސިޓީ ކައުންސިލްގެ އޮފީހުން ލިޔުންތައް ނެރެނީ
މިއަދު މާލޭގައި ހިނގި ބޮޑު އަލިފާނުގެ ޙާދިސާގައި މާލޭ ސިޓީ ކައުންސިލްގެ ވައިޓަލް ރެޖިސްޓްރޭޝަން އޮފީހުގައި ރޯވުމަކީ އިއާދަ ނުކުރެވޭނެ ގެއްލުމެއް ލިބޭނެ ކަމެއްކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަޙްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ނަރީޝް މިއަދު ވިދާޅުވީ އަލިފާނުގެ ޙާދިސާ ހިނގި ސަރަޙައްދުގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ ވައިޓަލް ރެޖިސްޓްރޭޝަންގެ އޮފީހުގައިވެސް ރޯވެފައިވާ ކަމަށެވެ. އަދި އެއޮފީހުގައި ހުރި ބައެއް ތަކެތި ސަލާމަތްކުރުމުގެ މަސައްކަތުގައި އެކައުންސިލްގެ މުވައްޒަފުން ހަރަކާތްތެރިވަމުންދާ ކަމަށް ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ވައިޓަލް ރެޖިސްޓްރޭޝަންގެ އޮފީހަކީ އުފަންވާ ކުދިން ރަޖިސްޓްރީކުރުމާއި އާބާދީއާ ބެހޭ މައުލޫމާތު ބަލަހައްޓާ ޑިޕާޓްމެންޓް ކަމަށެވެ. އަދި އެއޮފީހުގައި ހުރި ލިޔުންތަކަށް ގެއްލުން ވެއްޖެނަމަ މާލޭ ރަށްވެހިންގެ މުހިންމު މައުލޫމާތުތަކެއް ގެއްލުން އެކަށީގެންވާ ކަމަށާއި އަދި އެއީ ފޫނުބެއްދޭނޭ ގެއްލުމެއް ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.

މިއަދު ހިނގާދިޔަ އަލިފާނުގެ ޙާދިސާއާ ގުޅިގެން މާލެ ސިޓީ ކައުންސިލުން މިހާރު ވަނީ ވައިޓަލް ރަޖިސްޓްރޭޝަން އޮފީހުން ދެމުންގެންދިޔަ ހިދުމަތްތައް ހުއްޓުމެއްނެތި ދިނުމަށްޓަކައި އެހިދުމަތްތައް ވަގުތީ ގޮތުން ހުޅުމާލޭގައި ހުންނަ ސިޓީ ކައުންސިލްގެ އޮފީހަށް ބަދަލުކޮށްފައެވެ.



މި ޙާދިސާގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލުމަށް ސިފައިންނާއި އެއާޕޯޓުގެ ފަޔާފައިޓަރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާއިރު އަލިފާންރޯވި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އެގޮތުން ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ އާއި ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އާއި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން