އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް
ޓެކްސީ ޑްރައިވަރުންގެ އިޙްތިޖާޖުގައި ހައްޔަރުކުރި ޑްރައިވަރުންނާއި ޓޯކުރި އުޅަނދުތައް ދޫކޮށްލުމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ގޮވާލައްވައިފިއެވެ.

އެގޮތުން ފައްޔާޒް ވިދާޅުވީ ސަރުކާރުން ޓެކްސީ ލައިނެއް ފެށުމާމެދު ހިތްހަމަނުޖެހުން ފާޅުކުރުމަށް އިހުތިޖާޖު ކުރި ޓެކްސީ ޑްރައިވަރުންތަކެއް ހައްޔަރުކޮށް ކާރުތައް ޓޯ ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"އިހުތިޖާޖު ކުރުމަށްޓަކައި ހަޅުތާލު ކުރުމަކީ ކޮންމެ މީހަކަށް ގާނޫނުއަސާސީން ކަށަވަރު ކޮށްދޭ ހައްގެއް. ހަޅުތާލުކޮށްގެން ހައްޔަރުކުރި ހުރިހާ ޓެކްސީ ޑްރައިވަރުން ދޫކޮށްލައި ޓޯކުރި ވެހިކަލްތައް ވެރިފަރާތްތަކާ ހަވާލުކުރުމަށް ގޮވާލަން." ފައްޔާޒް ވިދާޅުވެފައިވެއެވެ.



ފައްޔާޒް މިގޮތަށް ގޮވާލައްވާފައިވާއިރު ހުޅުމާލެއިން މާލެއަށް އަންނަން އޮންނަ ހައިވޭ ބަންދުކޮށް ޢާއްމުންނަށް ދަތިކުރި މައްސަލާގައި ރޭ ހައްޔަރުކުރި ތިން ޓެކްސީ ޑްރައިވަރުންގެ ތެރެއިން ދެ މީހުންގެ ބަންދަށް ފަސް ދުވަސް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މިހާރު ވަނީ ޖަހައިފައެވެ.

ރޭގެ މުޒާހަރާއާ ގުޅިގެން 3 ޑްރައިވަރުން ހައްޔަރުކުރި ނަމަވެސް އޭގެތެރެއިން އެކަކު ވަނީ ދޫކޮށްލާފައެވެ. އަދި އަނެއް ދެ ޑްރައިވަރުންނަށް ބަންދުގެ މުއްދަތު ކޯޓުން ޖެހީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ބުނެ އެވެ.

އިއްޔެ ހަވީރުން ފެށިގެން ޓެކްސީ ޑްރައިވަރުން ހުޅުމާލޭ ރުއްގަނޑު 1 ސަރަޙައްދަށް އެއްވެ ކުރި މުޒާހަރާގައި ހުޅުމާލެ ނިރޮޅުމަގު ކޮޅުގައި ކާރުތައް ޕާކުކޮށް އެ މަގު ބަންދު ކުރީ ރޭގެ 9:00 ހާއިރު އެވެ. ނަމަވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފުލުހުން ވަނީ އެ ސަރަޙައްދުގެ މަގު ބަންދު ކުރުމަށް ބޭނުންކުރި ޓެކްސީތައް ޓޯކޮށް ޢާއްމުންނަށް ބޭނުން ކުރެވޭ ގޮތަށް މަގު ހުޅުވާލާފައެވެ.

އެގޮތުން ވިލާ ޕެޓްރޯލް ޝެޑު ކައިރީގައި ދުއްވާތަކެއްޗަށް ދަތިވާގޮތަށް ޕާކުކޮށްފައި އޮތް ވިއްސަކަށް ޓެކްސީ ފުލުހުން ރޭ ޓޯކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން