ހދ. ކުރިނބި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް މެންބަރަކު އިންތިޚާބު ކުރުމަށް މިއަދު ކުރިޔަށްދާ ބައި-އިލެކްޝަންގައި ހެނދުނު 10:00 ގެ ނިޔަލަށް ވޯޓުލާފައިވަނީ އެންމެ 8 އިންސައްތަ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކަޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފެށިނަމަވެސް ހެނދުނު 10:00 އާ ހަމައަށް ވޯޓުލާފައިވަނީ އެންމެ 49 މީހުން ކަމަށެވެ. އެއީ 27 އަންހެނުންނާއި 22 ފިރިހެނުންނެވެ.
އީސީން ބުނީ މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 558 މީހުނަށް ލިބިފައިވާ ކަމަށެވެ. އެއީ 260 އަންހެނުންނާއި 298 ފިރިހެނުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ މި އިންތިޚާބުގައި ވޯޓުލުމަށް މާލެއާއި ކުރިނބީގައި 2 ވޯޓު ފޮށި ބަހައްޓާފައެވެ. މާލޭގެ ވޯޓު ފޮށި ބަހައްޓާފައިވަނީ އައު ދަރުމަވަންތަ ސްކޫލްގެ ދެކުނު އިމާރާތުގެ ގްރައުންޑް ފްލޯގެ ކްލާސް ރޫމް 7އޭ ގައެވެ. އަދި ކުރިނބީގައި ވޯޓުފޮށި ބަހައްޓާފައިވަނީ ކުރިނބީ ސްކޫލް ހޯލުގައެވެ.
މި އިންތިހާބުތަކުގެ ވޯޓުލުން މިއަދު ހަވީރު 4:00 ގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު