އަހުޒަމް އަޙްމަދު   15 ޑިސެމްބަރު 2024 - 17:5
ޖިހާދު--
ޖިހާދު--
ކުރީގެ ނާއިބު ރައީސް ޢަބްދުﷲ ޖިހާދުގެ މައްސަލަ އެންމެ ފަހުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ކ. ފުށިދިއްގަރުފަޅުގެ މައްސަލާގައި ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ކޮރަޕްޝަންގެ ދަޢުވާގައި ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ ވާހަކަތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ތަޙުގީގުގައި މަސައްކަތްކޮށްފައި ނުވާތީ އެމައްސަލަ އެންމެ ފުރަތަމަ ހުށަހެޅީ ކްރިމިނަލް ކޯޓަށެވެ.

އެހެން ނަމަވެސް އެ މައްސަލަ ނުބެލޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން އެ މައްސަލަ ހައި ކޯޓަށް ވެސް ހުށަހެޅި އެވެ.

ނަމަވެސް އެޑްރެސް ސާފުނުވާތީ ޖިހާދަށް ޗިޓު ޙަވާލު ނުކުރެވުނު ކަމަށް ބުނެ އެ މައްސަލަ ބޭރުކޮށްލުމަށް ފަހު އަލުން އެ މައްސަލަ ހުށަހަޅަން ހައިކޯޓުން ފުރުސަތު ދިނެވެ. އެހެން ނަމަވެސް ދިން މުއްދަތުގެ ތެރޭގައި މައްސަލަ ހުށަނޭޅި ކަމަށް ބުނެ ދެވަނަ ފަހަރަށް އެ މައްސަލަ ހުށަހެޅުމުން ހައިކޯޓުން އެ މައްސަލަ އޮތީ ބޭރުކޮށްލައިފަ އެވެ.

އޭގެ ފަހުން އެ މައްސަލަ ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ވެސް ހުށަހެޅި އެވެ. އެހެން ނަމަވެސް މައްސަލަ އަލުން ހައިކޯޓަށް ބަލައިނުގަަންނަން ނިންމީ ރަނގަޅަށް ކަމަށް ފަނޑިޔާރުންގެ މަޖިލީހުން ވެސް ނިންމި އެވެ.

އެއާއެކު ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން މިއަދު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާމެދު އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން