ދެ މަސް ތެރޭގައި ފެނަކައިގެ އެކައުންޓް ކޯޓުތަކުން ފްރީޒްކޮށްގެން 27 މިލިއަނެއްހާ ރުފިޔާ އެކި ފަރާތްތަކަށް ދޫކޮށްފައިވާ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.
ފެނަކައިގެ އެމްޑީ ރާާއްޖޭގެ މީޑިއާއަކަށް ދެއްވިި އިންޓަވިއުއެއްގައި ވިދާޅިުވީ އެކި ފަރާތްތަކަށް ކުންފުނިން ދައްކަން ޖެހޭ ފައިސާގެ ތެރޭގައި ވަރަށް ގިނަ ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ފައިސާ ހިމެނޭ ކަމަށެވެ.
އެގޮތުން އެ ފަރާތްތަކަށް އައުޓް އޮފް ކޯޓް ސެޓެލްމަންޓްތަކާއި އަދި ރަށްރަށުގައި އެކި ފަރާތްތަކާއެކު ކޮށްފައި ހުރި އެކި މުއާމާލާތްތަކަށް ވެސް ބަޖެޓެއް ހަަމަޖައްސައިގެން އޭގެން ފައިސާ ދޫކުރަންދާކަމަށް އެމްޑީ ވިދާޅުވި އެވެ.
އެކަމަށް 20 މިލިއަން ރުފިޔާ ހަމަޖައްސައި ހަމައެކަނި ކޯޓުން ބޭރުން ބަދަލު ދިނުމުގެ ކަންކަމަށް އެކި ކުންފުނިތަކަށް ވެސް ކޮންމެ މަހަކު 10.5 މިލިއަން ރުފިޔާ ދެމުންދާ ކަމަށް ވެސް އެމްޑީ ވިދާޅުވި އެވެ.
އެމްޑީ އިތުރަށް ވިދާޅުވީ ފެނަކައިން އެކިފަރާތްތަކަށް ދައްކަން ޖެޙޭ ފައިސާ ނުދައްކައިގެން ކޯޓަށް މައްސަލަ ހުށަހެޅުމުން އެކައުންޓް ފްރީޒްކޮށްގެން އެ ފަރާތްތަކަށް ފައިސާ ހޯދައިދެމުންދާ ކަމަށެވެ.
"ގާތްގަނޑަކަށް 27 މިލިއަން ރުފިޔާ މިދިޔަ ދެ މަސް ތެރޭގައި އަޅުގަނޑުމެންގެ އެކައުންޓް ފްރީޒްކޮށްގެން ކޯޓުތައް މެދުވެރިކޮށް އެކި ކުންފުންފުނިތަކަށް ހޯދައިފި މިހާރު." އެމްޑީ ވިދާޅުވި އެވެ.
ހަތާވީސް މިލިއަން ރުފިޔާ އެކައުންޓް ފްރީޒްކޮށްގެން ހޯދިއިރު އެ އަދަދު ކުރިއަށް އޮތް ތަނުގައި މައްޗަށް ދިއުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެން މިހާރު އަޅުގަނޑުމެންނަށް އެބަހުރި ގާތްގަނޑަކަށް 300 މިލިއަން ރުފިޔާއާ ހަމައަކަށް ކޯޓުތަކަށް މައްސަލަ ވައްދާފައި އެކި ފަރާތްތަކަުން ފައިސާ ހޯދާން. އެހެންވީމާ މާދަމާ ނޫން ކަމެއްވެސް ނޭނގެ އަޅުގަޑުމެންނާ ހަމައަށް މައްސަލަތައް ނިމިގެން. އޭގެ ތެރޭގައި 57 މިލިއަން ރުފިޔާގެ މައްސަލަވެސް މި ވަގުތުވެސް އެބައޮތް ހުކުމް ތަންފީޒު މަރުހަލާގައި. މާނައަކީ މާދަމާވެސް ހުކުމެއް ކޮށްފިއްޔާ އަޅުގަނޑުމެންނަށް ކުންފުނިން އެ ފައިސާ ފްރީޒް ކުރެވިގެން ދާނެ. ފްރީޒްކޮށްފަ އެ ފަރާތްތަކަށް އޭގެ ތެރެއިން އެ ފައިސާ ރައްދު ކޮށްދޭނެ ކޯޓުތަކުން." އެމްޑީ ވިދާޅުވި އެވެ.
މިސަރުކާރު ވެރިކަމާ ހަވާލުވިއިރު އެންމެ ބޮޑަށް ދަރައި، ބަނގުރޫޓުވެފައި އޮތް އެއް ކުންފުންޏަކީ ފެނަކައެވެ.

ކިޔުންތެރިންގެ ހިޔާލު