އައްޑޫ މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރޮޒޭނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރޮޒޭނާ އާދަމް
އެހެން ހުރިހާ ޙައްޤަކަށްވުރެ އިސްވާނީ ދިރިހުރުމުގެ ޙައްޤު ކަމަށް އައްޑޫ މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ވިއްކާލުމާ ދެކޮޅު ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާއަކީ ސިއްޙީ މާހިރުންގެ ލަފައާއި ދެކޮޅަށް ބަލި ފެތުރުމަށް ހިންގި ޢަމަލެއް ކަމަށް ރޮޒޭނާ ވިދާޅުވުމާ ގުޅިގެން އިދިކޮޅު ލީޑަރޝިޕްގެ ގިނަ ބައެއްގެ ނުރުހުން އޭނާ އަށް ވަނީ އަމާޒު ވެފައެވެ.

ފާޑު ކިޔުންތަކަށް ރައްދު ދެއްވަމުން ރޮޒޭނާ ވިދާޅުވީ އޭނާއަކީ މުޒާހަރާ ކުރުމުގެ ޙައްޤަށް ފުރިހަމައަށް ތާޢީދުކުރާ މީހެއް ކަމަށާއި، އެހެން ނަމަވެސް މިއަދު ރާއްޖޭގައި އޮތީ މުޒާހަރާ ކުރެވޭފަދަ އާއްމު ޙާލަތެއް ނޫން ކަމަށެވެ. އެގޮތުން އެތައް ބަޔަކު ތިބީ ވަޒީފާ ގެއްލިފައި ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަންވެސް ބާރަށް ކުރިއަށް ގެންދެވެން އޮތީ ކޯވިޑް-19 ފެތުރޭ ރޭޓް ދަށް ކުރެވިގެން ކަން ރޮޒޭނާ ފާހަގަކުރެއްވިއެވެ.

"އެހެން ހުރިހާ ޙައްޤަކަށް ވުރެ އެންމެ އިސްކަން ދެވޭނީ ދިރިހުރުމުގެ ޙައްޤަށް. މި ޙައްޤަށް އުނިކަން އަންނާނެ ކަމެއް ޤަސްތުގައި ކޮށްގެން ނުވާނެ." ރޮޒޭނާ ވިދާޅުވިއެވެ.



މީގެ އިތުރުން ޤައުމަށް ހެޔޮއެދޭ ބަޔަކު ނަމަ މިވަގުތު މަސައްކަތް ކުރާނީ މި އަނދަވަޅުން ސަލާމަތް ވުމަށް ކަމަށާއި، އިތުރަށް ބަލި ފެތުރޭނެ ދޮރުތައް ހުޅުވުމަށް ނޫން ކަމަށް ރޮޒޭނާ ވިދާޅުވިއެވެ. އަދި ޕީޕީއެމް އިން މުޅި ރާއްޖޭގައި ކޯވިޑް-19 ފަތުރަން ފަށާފައިވާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމަށާއި، ބަޔަކު ސިޔާސީ ބޭނުމަށް ރައްޔިތުން ބަލިމަޑުކަމެއްގެ ތެރެއަށް ވައްޓާލަން ޖާގަ ނުދިނުމަށް ރޮޒޭނާ ވަނީ ފުލުހުންނަށް ގޮވާލައްވާފައެވެ.

އެޗްޕީއޭގެ ގައިޑްލައިންގައި ބުނާގޮތުން މިހާރު އެންމެ ގިނަވެގެން ވެސް އެއްފަހަރާ އެއްވެވެނީ ފަސް މީހުންނަށެވެ. އަދި އާންމުން އެއްވެ އުޅޭ ތަންތަނަށް މާސްކް އަޅައިގެން ނުކުންނަން ޖެހޭއިރު ޕީޕީއެމް އިން ބޭއްވި ސައިކަލު ބުރުގައި ބައިވެރިވި ބައެއް މީހުން މާސްކް ނާޅާ ތިބި ކަން ފާހަގަކުރެވެއެވެ. އަދި އެކަމާ ގުޅިގެން ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


7

ދަވާލި19

01-Sep-2020

5 އަހަރުގެ ދައުރު ނިމޭއިރުވެސް މުޒާހަރާ ކުރެވޭ ހާލަތެއް އޮވެދާނެހެން ހީނުވޭ



ޓްރެންޑިން