މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ގްރީން ބިލްޑިން ބޭނުން ނުކުރެވޭ ވަރަަށް އެނދީ އިހުމާލުން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
މިިދިޔަ ބުރާސްފަތި ދުވަހު އަލިފާން ފުރަތަމަ ރޯވީ ހައުސިންއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގަމުން ދިޔަ އިމާރާތުގަ އެވެ. ނަމަވެސް ފަހުން އެންވަޔަރަމަންޓް މިނިސްޓްރީ ހުންނަ ގްރީން ބިލްޑިންގައި ވެސް ރޯވެ އެނދީ އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ސަލީމް ވަނީ ގްރީން ބިލްޑިންއަކީ ފުރަތަމަ ރޯވި ތަނާ ވަކިން ހުރި އިމަރާތެއް ކަމަށާއި އެހެންވެ އެ އިމާރާތް ސަލާމަތް ނުކުރެވުނީ ކީއްވެތޯ ސުވާލުކުރައްވައިފަ އެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ވެސް ހަމަ އެ މޭރުމުން ވަނީ ވާހަކަ ދައްކަވައިފަ އެވެ.
އޭނާ ވިދާޅުވީ ގްރީން ބިލްޑިންއަކީ ކޮންސްޓްރަކްޝަން އަދި ހައުސިން މިނިސްޓްރީއާ ވެސް ވަކިން އަދި ކޮންކްރީޓުން އިމާރާތްކޮށްފައިވާ ތަނަކަށްވާއިރު އެތަނުގައި އެހާ ފަސޭހައިން އަލިފާން ނުހިފާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަމަ އެހެންމެ ފަތިހި އަލިފާާން ރޯވިއިރު އަލިފާން ގަނޑު ކޮންޓްރޯލް ކުރަން އެހާ ވަގުތު ނެގުމުން އެމްއެންޑީއެފްގެ އިހުމާލު އެކަމުގައި އެބައޮތް ކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ.
"އެހެންވީމަ ޔަގީނުން ވެސް ބޮޑުކޮށް އިހުމާލު ވެއްޖެ. އިހުމާލުވީ ކޮންބައެއްތޯއާއި، ކިހިނަކުން އައި ކަމެއްތޯ އަޅުގަނޑުމެން އެބަ ޖެހޭ ސާފުވާން. އެއީ މިޕާޓީން ވަރަށް ބޮޑަށް އިސްކަން ދޭނެ ކަމެއް. މިކަން ހިނގާދިޔަ ގޮތް ރަނގަޅަށް އެނގޭނެ ގޮތަކަށް އަޅުގަނޑުމެން މިމަސައްކަތް ކުރަންޖެހޭ." ނާޒިލް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު