ސީރިޔާގައި ޔަހޫދީން ވަޒަންވެރި ކުރުވުމަކީ ބޮޑު ޖަރީމާއެއް ކަމަށާއި އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ޢަމަލުތައް ހުއްޓުވުމަށް ދިވެހި ސަރުކާރުން ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލައިފިއެވެ.
ސަރުކާރުން ބައިނަލްއަޤުވާމީ މުޖުތަމަޢަށް މިފަދަ ގޮވާލުމެއް ގޮވާލާފައިވަނީ ސީރިޔާގެ ގޯލާންގެ އުސްބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އިސްރާއީލުން ކުރަމުންގެންދާ މަސައްކަތްތަށް ފުޅާކުރުމަށް އިސްރާއީލުގެ ސަރުކާރުން ނިންމާފައިވާ ނިންމުން ކުށްވެރިކޮށް މިއަދު ނެރެފައިވާ ބަޔާނުގައެވެ.
އެގޮތުން ސަރުކާރުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ޢަމަލުތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. ހަމައެއާއެކު ސީރިޔާގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އިސްރާއީލުން ނިންމާފައިވާ ނިންމުމަކީ ބައިނަލްއަޤުވާމީ އެންމެހާ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަދި މެދުއިރުމަތީގައި ޞުލްހަ ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތި ކުރުވާނެ ނިންމުމެއް ކަމަށް ދިވެހި ސަރުކާރުން ދެކޭކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
“ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް ސީރިޔާގެ ގޯލާން ހައިޓްސް ގެ ބިންތަކަށް ނުޙައްޤުން ވެރިވެގަތުމަށް އިސްރާއީލުން ހިންގަމުންގެންދާ ޖަރީމާތައް ހުއްޓުވުމަށާއި، އިސްރާއީލުން ސީރިޔާއަށް ދެމުންގެންދާ ޢުދުވާނީ ޙަމަލާތަށް ނިމުމަކަށް ގެނައުމަށާއި އަދި އދ. ގެ ކަމާބެހޭ ޤަރާރުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް އިސްރާއީލަށް މަޖުބޫރުކުރުވުމަށް އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ދިވެހި ސަރުކާރުން ގޮވާލަމެވެ.” ސަރުކާރުގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން، 1967 ވަނަ އަހަރުން ފެށިގެން ސީރިޔާގެ ގޯލާން ހިފާފައިވާކަން ފާހަގަކޮށް، ސަލާމަތީ މަޖިލީހުގެ ޤަރާރު 497 (1981) ފަދަ އދ. ގެ ކަމާގުޅޭ ޤަރާރުތަކަށް ޢަމަލުކުރުމަށް އިސްރާއީލަށް ދިވެހި ސަރުކާރުން ވަނީ އިލްތިމާސް ކޮށްފައެވެ.
ދިވެހި ސަރުކާރުގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ ސީރިއާގެ މިނިވަންކަމާއި، ސިޔާދަތާއި، ސަރަޙައްދީ ސަލާމަތަށް ތާއީދުކުރުމުގައި ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށެވެ.
އަދި ސީރިޔާގެ ރައްޔިތުންގެ އުންމީދުތައް ޙާޞިލްވާނެ ގޮތަށް، އެ ޤައުމުގައި ސުލްޙައާއި، ސަލާމަތާއި، އިސްތިޤްލާލު ޤާއިމްކުރުމަށް ކުރެވޭ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ހުރިހާ މަސައްކަތަކަށް ދިވެހިރާއްޖެއިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަންވެސް ސަރުކާރުން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު