އަމްރިތް ސިންގް
އަމްރިތް ސިންގް
މިމަހުގެ 6 ވީ ހުކުރު ދުވަހު އާޓިފިޝަލް ބީޗުގައި މާރާމާރީ ހިންގުމުގައި އިސްކޮށް އުޅުނު ބިދޭސީ މީހާ ޑީޕޯޓް ކޮށްލަން ނިންމާފައިވާކަން އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ 2024 ޑިސެންބަރު 06 ވަނަ ދުވަހު އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް، އާޓިފިޝަލް ބީޗު ސަރަހައްދުގައި ހިންގި މާރާމާރީގައި އެންމެ އިސްކޮށް އުޅުނު ބިދޭސީމީހާ ފުލުހުންގެ އެހީތެރިކަމާއެކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެމާރާމާރީ ހިންގުމުގައި އިސްކޮށްހުރީ އަމްރިތް ސިންގް ނަމަކަށް ކިޔާ 25 އަހަރުގެ މީހެއްކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި އެމީހާ ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށްވެސް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.



މި މައްސަލައާއި ގުޅިގެން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން މީގެކުރިން ވިދާޅުވެފައިވަނީ، އާރޓިފިޝަލް ބީޗް ސަރަހައްދުގައި މާރާމާރީ ހިންގައި އާންމު މަސްލަހަތު ނަގާލުމުގައި ބައިވެރިވެފައިވާ ބިދޭސީންގެ މައްސަލަ އިމިގްރޭޝަންގެ ޓާސްކް ފޯހުން ބަލަމުންދާ ކަމަށެވެ.

އަދި އެކަމުގައި ޝާމިލުވެފައިވާ ބިދޭސީންނަށް ފިޔަވަޅުއަޅާނެކަމުގެ ޔަޤީންކަންވެސް ޝަމްއާން ވަނީ އެދުވަހު ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން