ސަރުކާރުން ދިވެހިން ކޮއްޕަމުން ލަވަމުން ވައްދަމުން ގެންދަނީ ނުތަނަވަސްކަމާއި ކަންބޮޑުވުމުގެ ތެރެއަށް ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
ދިވެހި ސަރުކާރުގެ ޚާރިޖީ ވަޒީރުކަންވެސް މީގެކުރިން ކުރެއްވި ޝާހިދު މިއަދު ވިދާޅުވީ މިއަހަރު ނިމިގެން ދާއިރު، މި ސަރުކާރުގެ މާލީ ހިސާބުތަކުން ދިވެހިންގެ ހިތްތަކަށް ފިނިކަމެއް ނުލިބޭ ކަމަށާއި، ހިތްހަމަޖެހުމެއްވެސް ނުލިބޭ ކަމަށެވެ.
އެގޮތުން ދަޢުލަތުގެ މިއަހަރުގެ މާލީ ހިސާބުތަކަށް އަލިއަޅުއްވާ ލައްވަމުން ޝާހިދު ވިދާޅުވީ މިދިޔަ އަހަރާއި ބަލާއިރު ދައުލަތަށް ލިބުނު އާމްދަނީ 78 މިލިޔަން އިތުރުވެފައި ވާކަމަށެވެ. އެހެންނަމަވެސް ރައްޔިތުން ބިކަވެ ނިކަމެތިވެފައިވާކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.
“އެންމެހާ ދިވެހިން، ކޮއްޕަމުން، ލަވަމުން، ވައްދަމުން އެގެންދަނީ ނުތަނަވަސްކަމާއި ކަންބޮޑުވުމެއްގެ ތެރެއަށް. އަޅުވެތިކަމުގެ ބަނދެލުމަކުން ދިވެހިން ބަނދެލުމަށް މިސަރުކާރުން އެވަނީ މިސްރާބު ހިފާފައި.” ޝާހިދު ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު ޝާހިދު ވަނީ ޚަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުން އާސަންދައަށް ކުރި ޚަރަދު 101 މިލިއަން ރުފިޔާ މަދުކުރި ނަމަވެސް ސިޔާސީ މަޤާމުތަކުގެ މުސާރައަށް އިތުރަށް ހޭދަކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ޢާއްމުން އިތުރަށް ނިކަމެތިވާނެ ކަމެއްކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.
“އިވެމުން ދަނީ ނިކަމެތި ރައްޔިތު މީހާ، އާސަންދައަށް އެދި ރޮއެކުރާ އާދޭހުގެ ހިތްދަތި އަޑު. ނަމަވެސް ސިޔާސީ މުސާރަ އާއި ގުޅުންހުރި ޚަރަދުތަކަށް 1.4 ބިލިއަން ރުފިޔާ އިތުރަށް ޚަރަދުކޮށްފި.” ޝާހިދު ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން ޝާހިދު ވިދާޅުވީ އާންމު ރައްޔިތުންގެ ވޭނުގެ އަޑު ސަރުކާރަށް ނީވޭ ކަމަށާއި ސަރުކާރުން އުޅެނީ ވެރިންގެ ޒާތީ މަންފާއަށް ކުރާ ބޭކާރު ހޭދަތަކާއި އެމަގަށް ކުރާ މަސައްކަތްތަކުގައި މަސްއޫލުވެގެން ކަމަށެވެ.
ޝާހިދު މިހެން ވިދާޅުވެފައިވާއިރު ސަރުކާރުން ވަނީ އާސަންދައާއި އެކި ނަންނަމުގައި ފޯރުކޮށްދޭ ސަބްސިޑީން ބޭކާރު ވެގެންދާ ހޭދަތައް ހުއްޓުވުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

އަހަރު ނިމިގެން ދާއިރު، މި ސަރުކާރުގެ މާލީ ހިސާބުތަކުން ދިވެހިންގެ ހިތްތަކަށް ލިބޭ ފިނިކަމެއް، ލިބުނު ހިތްހަމަޖެހުމެއް ނުފެނުނު. އެންމެހާ ދިވެހިން، ކޮއްޕަމުން، ލަވަމުން، ވައްދަމުން އެގެންދަނީ ނުތަނަވަސްކަމާއި ކަންބޮޑުވުމެއްގެ ތެރެއަށް. އަޅުވެތިކަމުގެ ބަނދެލުމަކުން ދިވެހިން…
— Abdulla Shahid (@abdulla_shahid) December 16, 2024
އޭގެ އިތުރުން ޝާހިދު ވިދާޅުވީ އާންމު ރައްޔިތުންގެ ވޭނުގެ އަޑު ސަރުކާރަށް ނީވޭ ކަމަށާއި ސަރުކާރުން އުޅެނީ ވެރިންގެ ޒާތީ މަންފާއަށް ކުރާ ބޭކާރު ހޭދަތަކާއި އެމަގަށް ކުރާ މަސައްކަތްތަކުގައި މަސްއޫލުވެގެން ކަމަށެވެ.
ޝާހިދު މިހެން ވިދާޅުވެފައިވާއިރު ސަރުކާރުން ވަނީ އާސަންދައާއި އެކި ނަންނަމުގައި ފޯރުކޮށްދޭ ސަބްސިޑީން ބޭކާރު ވެގެންދާ ހޭދަތައް ހުއްޓުވުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.
ކިޔުންތެރިންގެ ހިޔާލު