ނުތާހިރު ތަނެއްގައި ފޯއްކޮށައި، ތައްޔާރުކުރަމުން ދިޔަ ބިދޭސީއަކު އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިމިގްރޭޝަނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ރޭ ޓާސްކުފޯހުން މާލޭގެ ހެންވޭރުގައި ހުންނަ ގެއެއް ބަލައި ފާސްކުރި ކަމަށެވެ.
އަދި އެތަނަކީ އާންމު މިންގަނޑުތަކާއި ހިލާފަށް ދިވެހި އުފެއްދުންތައް ވިޔަފާރީގެ ބޭނުމަށް ތައްޔާރުކުރަމުންދާ ތަނެއް ކަމަށް ވެސް ބުނެފައި ވެއެވެ.
އަދި މިތަނުން ފިހާރަތަކުން އާންމުކޮށް ލިބެންހުންނަ ގިނަ ބާވަތްތަކުގެ ކާބޯތަކެތި ފެނިފައިފައިވާ ކަމަށް ވެސް އިމިގްޜޭޝަނުން ބުނެފައި ވެއެވެ.
އިމިގްރޭޝަނުން އާންމުކުރި އެތަނުގެ ފޮޓޯތަކުން ފެންނަ ގޮތުން އެ ތަނުގައި ދަނީ ވިއްކުމަށް ފޯއް ތައްޔާރުކުރަމުން ނެވެ. ނަމަވެސް އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުން އެތަން ވަރަށް މުޑުދާރުވެސް މެއެވެ.
އެ ތަނުގައި ތައްޔާރުކުރަމުން ދިޔައީ "ފޮނި ފޯއް" ލޭބަލް ޖަހައިގެން ތައްޔާރުކުރާ ފޯކެވެ.
އިމިގްޜޭޝަނުން ބުނީ އެ ތަނުގައި މަސައްކަތް ކުރަމުން ދިޔަ މީހާ މިހާރު އެ އިދާރާގެ ބެލުމުގެ ދަށަށް ވެސް ގެނެސްފައިވާ ކަމަށެވެ.
އިމިގްޜޭޝަނުން ގަވައިދުން ރެއިޑްތައް ޖައްސަމުންދާ އިރު ނުތާހިރު ތަންތަނުގައި ކާބޯތަކެތި ބިދޭސީން ހަދައިގެން ވިއްކާ ގިނަ މައްސަލަތައް ދަނީ ފެންނަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު