ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން
ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން
ދަރިވަރުންތަކެއް ގްރޫމްކުރި ކަމަށް ތުހުމަތުކުރެވޭ ޓީޗަރު ޝަރުތު ތަކަކާއެކު ބަންދުން ދޫކޮށްލައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި، ދަރިވަރުން ގްރޫމްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޓީޗަރު ޝަރުތުތަކަކާއެކު ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ.

މ، ފ، ދ، ތ، ލ. އަތޮޅުގެ ތެރެއިން އަތޮޅެއްގެ ރަށެއްގެ ސްކޫލެއްގައި ކިޔަވައިދޭ ފިރިހެން ޓީޗަރަކު ދަރިވަރުންގެ އުމުރާއި ނުގުޅޭ ވާހަކަ ދައްކައި ގްރޫމްކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިދިޔަ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހު އެވެ.

އެ މައްސަލައިގައި މިދިޔަ އޮކްޓޫބަރު މަހު ވަނީ 29 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފަ އެވެ. އަދި ދެ ދެފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު ކޯޓުން ޖަހައިދީފައިވެއެވެ.

އެގޮތުން ފުރަތަމަ ފަހަރު އޭނާ 20 ދުވަހަށް ބަންދުކުރަން މުއްދަތު ޖެހިއެވެ. އެއަށްފަހު 30 ދުވަހަށް ބަންދުކުރަން އަމުރު ކުރިއެވެ. އޭގެފަހުން ފުލުހުން ވަނީ އޭނާގެ މައްޗަށް ދައުވާކުރަން ޕީޖީއަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު ފޮނުވާފައެވެ.

ކުޑަކުދިންނާ ބެހޭ ގާނޫނުގެ ދަށުން ގްރޫމްކުުރުން ނުވަތަ ކުއްޖާ ހައްލާލައި އިތުބާރު ހޯދައިގެން ކުއްޖާގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި އަދި ގަޔަށް އަތްލައި ޖިންސީ ގުޅުން ހިންގުމަށް މަގުފަހިކޮށް ހެދުމަކީ ޖިނާއީ ބޮޑު ކުށެކެވެ.

މި މައްސަލައަކީ ކުޑަކުދިން ޝާމިލުވާ މައްސަލައަކަށްވުމުން، ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާ ނިސްބަތްވާ ރަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން