މާރާމާރީއަކާ ގުޅިގެން ޝަރުތުތަކެއްކޮށް ދޫކޮށްލި ދެ މީހުން އަނެއްކާވެސް މާރާމާރީގެ މައްސަލައެއްގައި އަލުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ މ.ހެޕީލައިފް، އަބްދުﷲ އިސްރާގު(18އަހަރު) އާއި ހ. ފޯސީޒަން/ އަހުމަދު އާހިލް މުނާޒް(18 އަހަރު) އެވެ.
އެ މައްސަލައިގައި އެ ދެ މީހުން ހައްޔަރުކުރީ ތޫނު އެއްޗަކުން ބިރު ދައްކާ އަނިޔާކޮށްގެން ކަމަށް ވެސް ބުނެފައި ވެއެވެ.
އަދި ދެ މީހުންގެ ތެރެއިން އެކަކު ލަކުޑި ފަތިބުރިއެއް އެއްލާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެންނަކަމަށް ވެސް ބަންދު އަމުރުގައި ބުނެފައި ވެއެވެ.
އެހެންވެ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ދެ މީހުންވެސް ބަންދުކުރުން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ފަހަަކަށް އައިސް މާރާމާރީގެ މައްސަލަތައް އަނެއްކާވެސް ވަނީ ގިނަވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު