މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި މާލޭ ސިޓީ ކައުންސިލުން ހިންގާ ވައިޓަލް ރެޖިސްޓްރޭޝަން އޮފީހުން ގެއްލުނު ލިޔުންތައް ޑިޕާާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ) އިން ފޯރުކޮށްދޭން ނިންމައިފި އެވެ.
އަލިފާނުގައި ވައިޓަލް ރެޖިސްޓްރޭޝަން އޮފީހުގައި ހުރި އުފަންވުމާއި މަރުގެ ރެޖިސްޓްރޭޝަންތަކާއި ލިޔެކިޔުންތަކުގެ އިތުރުން ރަށްވެހިކަމާއި ގޯތީގެ ރެޖިސްޓްރޭޝަން ފަދަ ބައެއް ލިޔުންތައް ވަނީ އަނދާފައެވެ.
އެހެންވެ އަލިފާނުގައި ގެއްލުނު ބައެއް ލިޔުންތައް ހޯދަން ޑީއެންއާރުއާއި ޑީޖީއޭއިން ހޯދަން މަސައްކަތް ފަށައި އެކަމާ ގުޅޭ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ އެ ބައްދަލުވުމުގެ ނަތީޖާ ރަނގަޅު ކަމަށާއި އަދި ލިޔުންތައް ފޯރުކޮށްދިނުމަށް އެއްބާރުލުން ދިނުމަށް ދެ އިދާރައިން ވެސް ނިންމާފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.
އަދި އެ ލިޔުންތައް ފޯރުކޮށްދިނުމަށް ދެ އިދާރާގެ އައިޓީއާ މާލޭ ސިޓީ ކައުންސިލްގެ އައިޓީ ގުޅިގެން މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
އަލިފާނުގައި ގެއްލުނު ލިޔެކިޔުންތަކުގެ އަދަދެއް އަދިވެސް ސާފެއް ނުވެއެވެ. މޭޔަރު ކުރިން ވިދާޅުވީ އެކަން އެނގޭނީ އެސެސްމަންޓްއެއް ހަދައިގެން ކަމަށެވެ.
ބުރާސްފަތި ދުވަހު ހިނގި އަލިފާާނުގައި ހައުސިން، ކޮންސްޓްރަކްޝަން އަދި އެންވަޔަރަމަންޓް މިނިސްޓްރީ ހިންގަމުން ދިޔަ އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު